އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މި އިދާރާގެ ބޭނުމަށް އައިޓީ ޓޫލްސް އަދި ސީސީޓީވީއާ ގުޅޭ އައިޓަމްސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން ފުރުސަތު ހުޅުވާލުން

25 ޖޫން 2026     10 hours ago


ބީލަން ހުށަހެޅުމުގެ ދަޢުވަތު

  1. މި އިދާރާގެ ބޭނުމަށް އައިޓީ ޓޫލްސް އަދި ސީސީޓީވީ އާއި ގުޅޭ އައިޓަމްސް ސަޕްލައިކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރު (IUL)426-AA/426/2026/156 އިއުލާން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ. މި މަސައްކަތް ކުރުމަށް ދައުވަތު ހުޅުވާލެވެނީ ދިވެހިރާއްޖޭގައި މިބާވަތުގެ ވިޔާފާރިކުރުމަށް ރެޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށެވެ.
  2. މި މަސައްކަތާއި ގުޅޭ ބިޑް ޑޮކިއުމަންޓް 2026 ޖޫން 28 ވާ އާދީއްތަ ދުވަހުގެ 10:00 އިން ފެށިގެން 2026 ޖުލައި 02 ވާ ބުރާސްފަތި ދުވަހުގެ 14:00 އާއި ހަމަޔަށް މި އިދާރާގެ ޕްރޮކިއުމަންޓް ޔުނިޓަށް ([email protected]) ބީލަން ހުށަހަޅާ ފަރާތުގެ މައުލޫމާތު (ކުންފުނި ނުވަތަ ވިޔަފާރީގެ ނަން، ފޯން ނަންބަރު އަދި މެއިލް އެޑްރެސް) މެއިލްކޮށްގެން ބިޑް ހުށަހެޅުމަށް ރަޖިސްޓްރީކުރެއްވުން އެދެމެވެ. މި މުއްދަތުގެ ތެރޭގައި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް މަސައްކަތާއި ގުޅޭ މައުލޫމާތު ޝީޓް އަދި ބިޑް ފޯމް ސޮފްޓްކޮޕީ ފޯރމެޓްގައި މެއިލްކުރެވޭނެއެވެ.
  3. ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2026 ޖޫން 28 ވާ އާދީއްތަ ދުވަހުގެ 10:00 އިން ފެށިގެން 2026 ޖުލައި 02 ވާ ބުރާސްފަތި ދުވަހުގެ 16:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 2026 ޖުލައި 05 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.
  4. ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2026 ޖުލައި 13 ވާ ހޯމަ ދުވަހުގެ 09:30 ގައި އައްޑޫ ސިޓީ ކައުންސިލް އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ.
  5. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
  6. މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

    އީމެއިލް: [email protected]

10 މުހައްރަމް 1448

25 ޖޫން 2026



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2026/182

ޕަބްލިޝް ކުރި ތާރީޚް: 25-06-2026

ސުންގަޑި: 2026-07-02 14:00:00