އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - 2026 ވަނަ އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބަށި މުބާރާތުގެ ކެންޓީން ހިދުމަތް ހުޅުވާލުން

5 ޖުލައި 2026     12 hours ago


އިޢުލާން

2026 ވަނަ އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބަށި މުބާރާތުގެ ކެންޓީން ހިދުމަތް ހުޅުވާލުން

        މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އައްޑޫ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި އައުޑީ ޖަމްއީއްޔާއިން ގުޅިގެން 22 ޖުލައި 2026 ން 25 ޖުލައި 2026 އަށް ބަށި މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

        އެހެންކަމުން، ބަށިމުބާރާތް ހިނގަމުން ދާ ވަގުތު (ހެނދުނު 7:00 ން 12:00 އަށް އަދި ހަވީރު 16:00 އިން 18:00)  ބަށި މުބާރާތް ހިނގަމުންދާ ސަރަހައްދުގައި (ހިތަދޫ ޕަބްލިކް ވޯކްސް ކުރިމަތި) ކެންޓީން ޚިދްމަތް ދެއްވުމަށް ޝައުޤުވެރިވެލައްވާ 02 ފަރާތަކަށް އެފުރުސަތު ހުޅުވާލުމަށް މި ކޮމިޓީން ވަނީ ނިންމާފައެވެ. ވީމާ، ކެންޓީންގެ ޚިދްމަތް ދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ޕްރޮޕޯސަލް 2026 ޖުލައި 09 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00ގެ ކުރިން މި ކޮމިޓީގެ މެއިލް [email protected] އަށް މެއިލް ކޮށް ދެއްވުން އެދެމެވެ.

        ވަގުތު ހަމަވާއިރު 02 ފަރާތައްވުރެ ގިނަފަރާތްތަކުން ހުށަހަޅައިފިނަމަ، ކެންޓީން ހިންގާނެ 02 ފަރާތެއް ނިންމާނީ އެންމެ ރަނގަޅު ޕްރޮޕޯޒަލް ހުށަހަޅާ ފަރާތްތައް ބަލައި މި ކޮމިޓީންނެވެ. އަދި ކެންޓީންގެ ޚިދުމަތް ދެއްވުމަށް ޝައުޤުވެރިކަން ފާޅުކޮށް ހުށަހަޅުއްވާ ފަރާތްތަކަށް ޓެންޓާއި ކަރަންޓުގެ ޚިދްމަތް މި ކޮމިޓީއިން ފޯރުކޮށްދެވޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި މި އިދާރާގެ ވައިބަރ ނަންބަރު 9336787  އަށް ވައިބަރ ކުރެއްވުން އެދެމެވެ.

20 މުޙައްރަމް 1447

05 ޖުލައި 2026



ބާވަތް: އިއުލާން

ނަންބަރ: WDC(5)/IUL/2026/01

ޕަބްލިޝް ކުރި ތާރީޚް: 05-07-2026

ސުންގަޑި: 2026-07-09 12:00:00