އިޢުލާން
"ނަމާދުގެ ނޫރު" ޕްރޮގްރާމް ހިންގައިދޭނެ ފަރާތްތަކެއް ހޯދުމާ ގުޅޭ
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ނަމާދުގެ ނޫރު" ޕްރޮގްރާމް އައްޑޫ ސިޓީގެ އަވަށްތަކުގައި ހިންގައިދޭނެ ފަރާތްތަކެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު (IUL)426-CA/426/2026/158 އިޢުލާނާ ގުޅިގެން ދެވުނު މަޢުލޫމާތަށް ބަދަލެއް ގެންނަންޖެހޭތީ އެ އިޢުލާން ބާޠިލްކޮށް "ނަމާދުގެ ނޫރު" ޕްރޮގްރާމް ހިންގައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަލުން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިން ހަމަޖައްސާ އައްޑޫ ސިޓީގެ އަވަށްތަކުގެ މިސްކިތްތަކުގައެވެ.
"ނަމާދުގެ ނޫރު" ޕްރޮގްރާމް ކުރިއަށް ގެންގޮސް ދެއްވުމަށް ޝައުޤުވެރިވާ ދީނީ ޕްރޮގްރާމްތައް ހިންގާ ޖަމްޢިއްޔާތަކަށް ބާއްވާ މަޢުލޫމާތު ސެޝަނެއް 20 ޖުލައި 2026 ވާ ހޯމަ ދުވަހުގެ 13:00ގައި ކައުންސިލްގެ އިދާރާގެ ކޮންފަރެންސް ހޯލުގައި އޮންނާނެއެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ލިބޭނީ ދީނީ ޕްރޮގްރާމްތައް ހިންގާ ޖަމްޢިއްޔާތަކުގެ ތެރެއިން މަޢުލޫމާތު ސެޝަންގައި ބައިވެރިވެފައިވާ ޖަމްޢިއްޔާތަކަށް އެކަންޏެވެ.
ވީމާ، "ނަމާދުގެ ނޫރު" ޕްރޮގްރާމް ކުރިއަށް ގެންގޮސް ދެއްވުމަށް ޝައުޤުވެރިވެލައްވާ ދީނީ ޕްރޮގްރާމްތައް ހިންގާ ޖަމްޢިއްޔާތަކުން 23 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 13:30އަށް ކައުންސިލްގެ އިދާރާއަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ގަޑިޖެހިގެން އަންނަ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިގަންނަގޮތަށް ހަމަޖެހިފައި ނުވެއެވެ.
29 މުޙައްރަމް 1447
14 ޖުލައި 2026

