އިޢުލާން
"އައްޑު އަތޮޅު ދިގުފެތުން – އައްޑޫ ސިޓީ" އަދި "އައްޑޫ ޒޯން ރާއްޖެ ޖޫނިއާރ ފެތުމުގެ މުބާރާތް" ކުރިޔަށްދާ ވަގުތު ސްޓޯލް / ކެންޓީން ހިންގުމަށް ފުރުސަތު ހުޅުވާލުން
"އައްޑު އަތޮޅު ދިގުފެތުން – އައްޑޫ ސިޓީ" އަދި "އައްޑޫ ޒޯން ރާއްޖެ ޖޫނިއާރ ފެތުމުގެ މުބާރާތް" 13 އޮގަސްޓް 2026 އިން 20 އޮގަސްޓް 2026 އަށް ކުރިޔަށްދާ ވަގުތުގައި ސްޓޯލް / ކެންޓީން ހިންގުމަށް ޝައުޤުވެރިވާ 4 ފަރާތަކަށް އެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 11 އޮގަސްޓް 2026 ގެ 12:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓަރޭޝަން ފޯމު ފުރިހަމަކޮށް ފޮނުއްވައި ދެއްވުން އެދެމެވެ.
https://forms.cloud.microsoft/r/9y7tM7YhXT
މިކަމަށް އެދިގެން 4 ފަރާތަށް ވުރެ ގިނަ ފަރާތްތަކުން ހުށަހަޅާފައިވާނަމަ، ހަރަކާތުގައި ސްޓޯލް / ކެންޓީން ހިންގާނެ ފަރާތެއް ނިންމާނީ ހުށަހެޅޭ އެންމެ ރަނގަޅު ހުށަހެޅުންތަކަށް ބަލައި މި އޮފީހުންނެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، މި އޮފީހުގެ ނަންބަރު 7615753 އަށް ވައިބާ ކުރެއްވުން އެދެމެވެ.
26 ޞަފަރު 1448ހ.
09 އޮގަސްޓް 2026މ.

