އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - އައްޑޫ ސިޓީ މަރަދޫފޭދޫ އަވަށު މަޝްވަރާ ކޮމިޓީ އެކުލަވާލުމާ ގުޅޭ

10 އޯގަސްޓް 2026     3 hours ago


އިޢުލާން

އައްޑޫ ސިޓީ މަރަދޫފޭދޫ އަވަށު މަޝްވަރާ ކޮމިޓީ އެކުލަވާލުމާ ގުޅޭ

އައްޑޫ ސިޓީ ކައުންސިލުން ފާސްކޮށްފައިވާ އަވަށު މަޝްވަރާ ކޮމިޓީތައް އެކުލަވާލުމާ ގުޅޭ އުސޫލުގައިވާ ގޮތުގެ މަތިން މަރަދޫފޭދޫގެ އަވަށު މަޝްވަރާ ކޮމިޓީ އެކުލަވާލުމަށްޓަކައި މި ކޮމިޓީގެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މި ޢިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ އޮންލައިން ފޯމް ފުރުއްވުމަށްފަހު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަވަށު މަޝްވަރާ ކޮމިޓީތަކުގެ އުސޫލުގައިވާ ގޮތުން އަންނަނިވި ދާއިރާތަކަށް މެންބަރުން އައްޔަންކުރެވިދާނެއެވެ. އެގޮތުން:

  1. ގަވަރނަންސް ދާއިރާ
  2. އިޤްތިޞާދީ ދާއިރާ
  3. ސިއްޙަތާއި ޢިޖުތިމާޢީ ދާއިރާ
  4. ތަޢުލީމާއި މުޢާސަލާތުގެ ދާއިރާ
  5. ތިމާވެއްޓާއި ޔުޓިލިޓީސްގެ ދާއިރާ
  6. އުމްރާނީ ތަރައްޤިގެ ދާއިރާ
  7. ކުޅިވަރުގެ ދާއިރާ
  8. ފަތުރުވެރިކަމުގެ ދާއިރާ

އެހެންކަމުން، މަތީގައި ދެންނެވުނު ދާއިރާތަކުގައި މަސައްކަތްކުރާ މަރަދޫފޭދޫ އަވަށަށް ނިސްބަތްވާ ފަރާތްތަކުން ފޯމް ފުރިހަމަކުރެއްވުމަށްފަހު 20 އޮގަސްޓު 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް އޮންލައިން ފޯމް ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަވަށު މަޝްވަރާ ކޮމިޓީގެ އުސޫލު މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ.

އޮންލައިން ފޯމް ލިންކު: https://forms.cloud.microsoft/r/UCb10QpQEg

27 ޞަފަރު 1448

10 އޮގަސްޓު 2026



ބާވަތް: އިއުލާން

ނަންބަރ: (IUL)426-5A/426/2026/264

ޕަބްލިޝް ކުރި ތާރީޚް: 10-08-2026

ސުންގަޑި: 2026-08-20 14:00:00