އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - އައްޑޫ ސިޓީ ކައުންސިލްގެ "މަރަދޫ އަވަށި" މަޝްވަރާ ކޮމިޓީއަށް މެމްބަރުން ނެގުމަށް

13 އޯގަސްޓް 2026     7 hours ago


އިޢުލާން

މަޤާމް

އައްޑޫ ސިޓީ ކައުންސިލްގެ "މަރަދޫ އަވަށި" މަޝްވަރާ ކޮމިޓީއަށް މެމްބަރުން ނެގުމަށް

 

އައްޑޫ ސިޓީ ކައުންސިލްގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށާއި، އަވަށުގެ ތަރައްޤީގެ ކަންކަމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމުގެ މަގުސަދުގައި އުފައްދާ އައްޑޫ ސިޓީ ކައުންސިލްގެ "މަރަދޫ އަވަށި" މަޝްވަރާ ކޮމިޓީއަށް މެންބަރުން ހޯދަން ބޭނުންވެއެވެ. މި ކޮމިޓީއަށް މެންބަރުން ނެގުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ ދާއިރާތަކުންނެވެ.

ކޮމިޓީ މެންބަރުން ނެގޭނެ ދާއިރާތައް:

(ހ) ގަވަރނަންސް ދާއިރާ
(ށ) އިޤްތިސާދީ ދާއިރާ
(ނ) ސިއްޙަތާއި އިޖްތިމާޢީ ދާއިރާ
(ރ) ތަޢުލީމާއި މުޢާސަލާތުގެ ދާއިރާ
(ބ) ތިމާވެއްޓާއި ޔުޓިލިޓީސްގެ ދާއިރާ
(ޅ) ޢުމްރާނީ ތަރައްޤީގެ ދާއިރާ
(ކ) ކުޅިވަރުގެ ދާއިރާ
(އ) ފަތުރުވެރިކަމުގެ ދާއިރާ

ހުށަހަޅަންޖެހޭ ލިޔުންތައް

(ހ) މަގާމަށް އެދި ހުށަހަޅާ ސިޓީ.

(ށ) މެންބަރުކަމަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).

(ނ) ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ސާފު ކޮޕީއެއް.

(ރ) މެންބަރުކަމަށް ކުރިމަތިލާ ދާއިރާއިން ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި: 

މެމްބަރުކަމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ20  އޮގަސްޓް 2026 ވާ ބުރާސްފަތި ދުވަހު 14:00 ގެ ކުރިން، މަރަދޫ އަވަށު އޮފީހަށެވެ. އީމެއިލް މެދުވެރިކޮށް ނަމަ [email protected] އަށް ފޮނުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯދުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6890096  ނަންބަރު ފޯނާއެވެ.

30 ޞަފަރު 1448

13 އޮގަސްޓް 2026

 


ބާވަތް: އިއުލާން

ނަންބަރ: (IUL)426-3B/426/2026/256

ޕަބްލިޝް ކުރި ތާރީޚް: 13-08-2026

ސުންގަޑި: 2026-08-20 14:00:00