އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ބީލަން ހުށަހެޅުމުގެ ދަޢުވަތު - އައްޑޫ ސިޓީގެ ވޯޓަރ ތީމް ޕާރކް ހެދުމަށް ކަނޑައެޅިފައިވާ ސަރަހައްދު ޑްރެޖެކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް

17 އޯގަސްޓް 2026     1 hour ago


ބީލަން ހުށަހެޅުމުގެ ދަޢުވަތު

1. އައްޑޫ ސިޓީގެ ވޯޓަރ ތީމް ޕާރކް ހެދުމަށް ކަނޑައެޅިފައިވާ ސަރަހައްދު ޑްރެޖެކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތަށް ދައުވަތު ހުޅުވާލެވެނީ ދިވެހިރާއްޖޭގައި މިބާވަތުގެ ވިޔާފާރިކުރުމަށް ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށެވެ.

2. މި މަސައްކަތާއި ގުޅޭ ބިޑް ޑޮކިއުމަންޓް 2026 އޯގަސްޓް 18 ވާ އަންގާރަ ދުވަހުގެ 10:00 އިން ފެށިގެން 2026 އޯގަސްޓް 24 ވާ ހޯމަ ދުވަހުގެ 14:00 އާއި ހަމަޔަށް އާއި ހަމަޔަށް މި އިދާރާގެ ޕްރޮކިއުމަންޓް ޔުނިޓަށް [email protected])) ބީލަން ހުށަހަޅާ ފަރާތުގެ މައުލޫމާތު (ކުންފުނި ނުވަތަ ވިޔަފާރީގެ ނަން، ފޯން ނަންބަރު އަދި މެއިލް އެޑްރެސް) މެއިލްކޮށްގެން ބިޑް ހުށަހެޅުމަށް ރަޖިސްޓްރީކުރެއްވުން އެދެމެވެ. މި މުއްދަތުގެ ތެރޭގައި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް މަސައްކަތާއި ގުޅޭ މައުލޫމާތު ޝީޓް އަދި ބިޑް ފޯމް ސޮފްޓްކޮޕީ ފޯރމެޓްގައި މެއިލްކުރެވޭނެއެވެ.

3. ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2026 އޯގަސްޓް 18ވާ އަންގާރަ ދުވަހުގެ 11:00 އިން ފެށިގެން 2026 އޯގަސްޓް26 ވާ ބުދަ ދުވަހުގެ 12:00އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 2026 އޯގަސްޓް 27 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

3. މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ސެޝަން އޮންނާނީ 2026 އޯގަސްޓް 26 ވާ ބުދަ ދުވަހުގެ 10:00 ގައި އައްޑޫ ސިޓީ ، ސިޓީ ސްކުއެއަރ ކުރިމަތީ ވޯޓަރ ތީމް ޕާރކް ތަރައްޤީކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދުގައެވެ.

4. ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2026 ސެޕްޓެންބަރު 03 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މި އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ.

5. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

6. މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

    އީމެއިލް: [email protected] 

04  ރަބީޢުލްއައްވަލް 1448

17 އޯގަސްޓް 2026



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2026/280

ޕަބްލިޝް ކުރި ތާރީޚް: 17-08-2026

ސުންގަޑި: 2026-09-03 14:00:00