ބީލަން ހުށަހެޅުމުގެ ދަޢުވަތު
- އައްޑޫ ސިޓީގެ 10 އަހަރު ދުވަހުގެ ދެމެހެއްޓެނިވި ދަތުރުފަތުރުގެ އޮނިގަނޑު އެކުލަވައިލުމާއި އުޅަނދުފަހަރު ގެންގުޅެވޭނެ މިންވަރު ކަނޑައެޅުމަށް ބޭނުންވާ ކޮންސަލްޓެންސީ ޚިދުމަތްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތަށް ދައުވަތު ހުޅުވާލެވެނީ ދިވެހިރާއްޖޭގައި މިބާވަތުގެ ވިޔާފާރިކުރުމަށް ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށެވެ.
- ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2026 އޯގަސްޓް 26 ވާ ބުދަ ދުވަހުގެ 11:00 އިން ފެށިގެން 2026 ސެޕްޓެންބަރު 02 ވާ ބުދަ ދުވަހުގެ 12:00އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 2026 ސެޕްޓެންބަރު 06 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.
- މި މަސައްކަތާއި ގުޅޭ ބިޑް ޑޮކިއުމަންޓް 2026 އޯގަސްޓް 26 ވާ ބުދަ ދުވަހުގެ 10:00 އިން ފެށިގެން 2026 ސެޕްޓެންބަރު 01 ވާ އަންގާރަ ދުވަހުގެ 14:00 އާއި ހަމަޔަށް އާއި ހަމަޔަށް މި އިދާރާގެ ޕްރޮކިއުމަންޓް ޔުނިޓަށް [email protected])) ބީލަން ހުށަހަޅާ ފަރާތުގެ މައުލޫމާތު (ކުންފުނި ނުވަތަ ވިޔަފާރީގެ ނަން، ފޯން ނަންބަރު އަދި މެއިލް އެޑްރެސް) މެއިލްކޮށްގެން ބިޑް ހުށަހެޅުމަށް ރަޖިސްޓްރީކުރެއްވުން އެދެމެވެ. މި މުއްދަތުގެ ތެރޭގައި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް މަސައްކަތާއި ގުޅޭ މައުލޫމާތު ޝީޓް އަދި ބިޑް ފޯމް ސޮފްޓްކޮޕީ ފޯރމެޓްގައި މެއިލްކުރެވޭނެއެވެ.
- ބީލަންތައް ބަލައިގަތުމާއި، އަދި ބީލަން ހުޅުވުން އޮންނާނީ 2026 ސެޕްޓެންބަރު 13 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މި އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ.
- ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
- މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
އީމެއިލް: [email protected]
11 ރަބީޢުލްއައްވަލް 1448
24 އޯގަސްޓް 2026

