އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިއުލާން - ފޭދޫ އަވަށު އޮފީހުގައި ހުރި ބާވެފައިވާ ތަކެތި ނީލަން ކިޔުމާއި ބެހޭ

1 ސެޕްޓެމްބަރ 2026     20 hours ago


އިޢުލާން

ފޭދޫ އަވަށު އޮފީހުގައި ހުރި ބާވެފައިވާ ތަކެތި ނީލަން ކިޔުމާއި ބެހޭ

               ފޭދޫ އަވަށު އޮފީހުގެ ހުރި ބާތަކެތި ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ. ނީލަން ކިއުން އޮންނާނީ 15 ސެޕްޓެމްބަރ 2026 ވާ އަންގާރަ ދުވަހުގެ ހެނދުނު 9:00 ގައި ގަން އިޖްތިމާޢީމަރުކަޒުގައެވެ.

               ނީލަން ކިއުމަށް ހަމަޖެހިފައިވާ ތަކެތި ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން 2026 ސެޕްޓެމްބަރ  07 އަދި 08  މި ދެދުވަހުގެ 9:00 އިން 10:00 އަށް ގަން އިޖްތިމާޢީމަރުކަޒަށް ވަޑައިގަތުމުން ތަކެތި ބެއްލެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. ނީލަން ކުރިއަށް ގެންދެވޭނީ މަދުވެގެން 03 ބައިވެރިންގެ ހާޟިރުގައެވެ. ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން ފައިސާ ދެއްކެވުމަށްފަހު 01  ދުވަހުގެ ތެރޭގައި ތަކެތި ގެންގޮސް ނިންމަންވާނެއެވެ.

               ވީމާ ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 15 ސެޕްޓެންބަރ  2026 ވާ އަންގާރަ ދުވަހުގެ ހެނދުނު9:00 އަށް ގަން އިޖްތިމާޢީމަރުކަޒަށް ދުރުވުމުން ނީލަމުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމުގައި ޢާންމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.

 19 ރަބީޢުލްއައްވަލް 1448

01 ސެޕްޓެމްބަރ 2026 



ބާވަތް: އިއުލާން

ނަންބަރ: (IUL)426-4A/426/2026/297

ޕަބްލިޝް ކުރި ތާރީޚް: 01-09-2026

ސުންގަޑި: 2026-09-15 13:41:00