އިޢުލާން
އައްޑޫ ސިޓީ ހިތަދޫ އަވަށުން 19 ބިން ކުއްޔަށް ދޫކުރުމަށް ކުރެވިފައިވާ އިޢުލާނުގެދަށުން ބީލަން ހުށަހެޅުން ފަސްކުރުން
ވިޔަފާރީގެ ބޭނުމަށް އައްޑޫސިޓީ ހިތަދޫ އިން ބިން ކުއްޔަށް ދޫކުރުމަށް ކުރެވިފައިވާ މި އިދާރާގެ ނަންބަރު: (IUL)426-AE/426/2026/275 އިޢުލާނުގެ ދަށުން ބިން ކުއްޔަށް ހިފުމަށް އެދޭ ފަރާތްތަކަށް ދޫކުރެވިފައިވާ މަޢުލޫމާތު ކަރުދާހަށް މުހިންމު އިސްލާޙެއް ގެނައުމަށްބޭނުންވާތީ އާއި، މަޢުލޫމާތު ކަރުދާހާއި އެއްގޮތަށް ބީލަން ތައްޔާރުކުރުމަށް ބީލަމުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް އިތުރު ވަގުތު ދިނުމުގެގޮތުން ބީލަން ހުށަހެޅުން 22 ސެޕްޓެންބަރު 2026 ވާ އަންގާރަ ދުވަހަށް ވަނީ ފަސްކުރެވިފައެވެ. މަޢުލޫމާތު ކަރުދާހަށް ގެނެވޭ އިސްލާޙު، ބީލަމުގައި ރަޖިސްޓްރީވެފައިވާ ހުރިހާ ފަރާތްތަކަށް މި އިދާރާއިން ފޮނުވާދެވޭނެއެވެ.
ބީލަން ހުށަހަޅާ ތަނާއި ވަގުތާއި ގަޑި:
22 ސެޕްޓެންބަރު 2026 ވާ އަންގާރަ ދުވަހުގެ 10:00 ގައި އައްޑޫސިޓީ ކައުންސިލް އިދާރާ އަށް
ވީމާ، މިކަން ޢާންމުކޮށް އިޢުލާން ކުރީމެވެ.
03 ރަބީޢުލްއާޚިރު 1448
14 ސެޕްޓެންބަރު 2026

