އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - އައްޑޫ ސިޓީ ފޭދޫ އަވަށުން 01 ބިމާއި، މަރަދޫފޭދޫ އަވަށުން 02 ބިން ކުއްޔަށް ދޫކުރުން

11 އޮކްޓޯބަރ 2026     16 hours ago


އިޢުލާން

އައްޑޫ ސިޓީ ފޭދޫ އަވަށުން 01 ބިމާއި، މަރަދޫފޭދޫ އަވަށުން 02 ބިން ކުއްޔަށް ދޫކުރުން

               ވިޔަފާރީގެ ބޭނުމަށް އައްޑޫސިޓީ ފޭދޫ އާއި މަރަދޫފޭދޫ އިން ބިން ކުއްޔަށް ހޯދުމަށް ޝައުޤުވެރިވެލައްވާ، ރަޖިސްޓްރީ ކޮށްފައިވާ ފަރުދުންގެ ވިޔަފާރި، ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް ތަކަށް އެފުރުޞަތު ހުޅުވާލަމެވެ. މި އިޢުލާނުގެދަށުން ބިން ދޫކުރަނީ މީލާދީ 20(ވިހި) އަހަރު ދުވަހުގެ މުއްދަތަށެވެ.

ކުއްޔަށް ދޫކުރާ ބިންތަކުގެ ތަފްޞީލު

#

އަވަށް

ކުލީ ބިމުގެ ނަންބަރު

ބިމުގެ ބޮޑުމިން

ކުއްޔަށް ދޫކުރާ ބޭނުން

ބިން އޮތްތަން

  1.  

ފޭދޫ

E4

1800 އަކަފޫޓު

ވެއަރހައުސް/ގުދަން

މިބިން އޮތީ ފޭދޫ 77 ނަންބަރު ކޮށީގައި "ހިޔަލަވިލާ" ކިޔާ ގޯއްޗާއި އިންވެގެން ހުޅަނގަށް ލިންކްރޯޑަށް ވާގޮތަށެވެ.

  1.  

މަރަދޫފޭދޫ

MFLL B40 P01

1468.40 އަކަފޫޓު

ކެފޭ،ރެސްޓޯރަންޓް/އާންމުވިޔަފާރި

މި ބިން އޮތީ އޯކިޑުމަގާއި ލިންކްރޯޑާއި ގުޅޭ ކަންމަތީގައެވެ.

  1.  

މަރަދޫފޭދޫ

MFLL B58 P01

1000 އަކަފޫޓު

ކެފޭ،ރެސްޓޯރަންޓް/އާންމުވިޔަފާރި

މި ބިން އޮތީ އަސްރުމާ މަގާއި އުއްމީދީ މަގާއި ދެމެދުގައިވާ ބްލޮކްގައި  "ސާޔާ" ކިޔާ ގޯއްޗާއި އިންވެގެން އުތުރަށެވެ.

 

ބީލަމުގައި ބައިވެރިވުމާއި، މަޢުލޫމާތު ޝީޓާއި ބީލަން ހުށަހަޅާ ފޯމް ދޫކުރުމާއި އަދި ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާގޮތް:

 

ފިޔަވަޅު

ތަފްޞީލް

ތާރީޚް، މުއްދަތު އަދި ގަޑި:

ބީލަމުގައި ރަޖިސްޓްރީވުން / ބައިވެރިވުން

ބީލަމުގައި ރަޖިސްޓްރީވުމަށް 300.00 (ތިންސަތޭކަ) ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ އެއް ދައްކަވަންޖެހޭނެއެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރޭޝަން ފުރިހަމަ ކުރުމަށް ދެވިފައިވާ މުއްދަތުގެ ތެރޭގައި ބީލަމުގައި ރަޖިސްޓްރީކުރާ ފަރާތުގެ ނަން، އެޑްރެސް، ގުޅޭނެ ނަންބަރު، އީ-މެއިލް އެޑްރެސް އެނގޭނެހެން މިއިދާރާގެ[email protected]   އަށް ރިކުއެސްޓްކޮށް، ފައިސާ ޑިޕޮޒިޓް ކުރުމަށްފަހު، ފައިސާ ޖަމާކުރި ކަމުގެ ސްލިޕް މެއިލް ކުރަންވާނެއެވެ. 

11 އޮކްޓޫބަރު 2026 އިން

18 އޮކްޓޫބަރު 2026 އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 08:00އިން 14:00އަށް

(18 އޮކްޓޫބަރު 2026 ގެ 14:00 ގެފަހުން ހުށަހަޅާ ހުށަހެޅުން ބަލައިނުގަންނާނެ)

މަޢުލޫމާތު ކަރުދާހާއި ބީލަން ފޯމް ދޫކުރުން

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރާ ފަރާތްތަކަށް، މަޢުލޫމާތު ކަރުދާހާއި  ބީލަން ހުށަހަޅާ ފޯމު މިއިދާރާއިން މެއިލް ކުރާނެއެވެ.  

 

11 އޮކްޓޫބަރު 2026 އިން

19 އޮކްޓޫބަރު 2026 އަށް

ބީލަން ހުށަހެޅުން

ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ އައްޑޫ ސިޓީ ކައުންސިލް އިދާރާގައެވެ. ބީލަން ބަލައިގަތުމާއި ހުޅުވުން އެހެން ތަނެއްގައި ބާއްވާނަމަ އެކަން ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކައުންސިލުން އަންގާނެއެވެ.

26 އޮކްޓޫބަރު 2026 ވާ

ހޯމަ ދުވަހުގެ 10:00

 

                މި ބިންތައް ކުއްޔަށް ދޫކުރުމާއި ގުޅޭ މަޢުލޫމާތާއި ހުށަހަޅާ ބީލަންތައް އިވެލުއޭޓްކޮށް ޕޮއިންޓް ދެވޭނެގޮތުގެ ތަފްޞީލް ބީލަމުގައި ރަޖިސްޓަރީވާ ފަރާތްތަކަށް ދޫކުރާ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. ކުއްޔަށް ދޫކުރާ ބިންތައް ފާހަގަވާނެ ޗާޓު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.  މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މި އިދާރާގެ ނަންބަރު 6885003 ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

                 ވީމާ، މިކަން ޢާންމުކޮށް އިޢުލާން ކުރީމެވެ.

30 ރަބީޢުލްއާޚިރު 1448

11  އޮކްޓޫބަރު  2026



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AE/426/2026/339

ޕަބްލިޝް ކުރި ތާރީޚް: 11-10-2026

ސުންގަޑި: 2026-10-18 14:00:00