އިޢުލާން
އައްޑޫސިޓީ ކައުންސިލްގެ އެޑްވައިޒަރީ ކޮމިޓީތަކަށް ކުރިމަތިލުމަށް އާންމުކޮށް ހުޅުވާލުން
ލޯކަލް ކައުންސިލްތަކުގެ ޢާންމު އިޖުރާއީ ޤަވާއިދުގެ 93 ވަނަ މާއްދާގެ (ހ)، (ށ) އަދި (ނ) ގެ ދަށުން، އައްޑޫސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ އެޑްވައިޒަރީ ކޮމިޓީތައް އެކުލަވާލައި، އެ ކޮމިޓީތަކަށް މެންބަރުން އައްޔަންކުރުމަށް ކުރެވުނު މި އިދާރާގެ ނަންބަރު (IUL)426-B/426/2026/175 އިޢުލާނުގެ މުއްދަތު ހަމަވިއިރު އެކަށީގެންވާ އަދަދަކަށް ކުރިމަތިލާފައި ނުވާތީ، އެ ފުރުޞަތު އަލުން ޢާންމުކޮށް ހުޅުވާލަމެވެ.
މިގޮތުން އުފެއްދުމަށް ކަނޑައެޅިފައިވާ ކޮމިޓީތަކަކީ:
- ރިލިޖަސް އެޑްވައިޒަރީ ކޮމިޓީ
- ޔޫތު އެޑްވައިޒަރީ ކޮމިޓީ
- ފިޝަރީޒް އެންޑް އެގްރިކަލްޗަރ އެޑްވައިޒަރީ ކޮމިޓީ
- ބިޒްނަސް އެންޑް ޓޫރިޒަމް އެޑްވައިޒަރީ ކޮމިޓީ
- އެންވަޔަރަންމަންޓް އެޑްވައިޒަރީ ކޮމިޓީ
- ސޯޝަލް އެޑްވައިޒަރީ ކޮމިޓީ
ވީމާ، މި ކޮމިޓީތަކަށް ކުރިމަތިލެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ކުރިމަތިލައްވާ ކޮމިޓީގެ ނަން އެނގޭނޭހެން، ކަމާގުޅޭ ދާއިރާއިން ޙާޞިލުކުރައްވާފައިވާ ތަޢުލީމީ ސަނަދުތަކާއި މަސައްކަތުގެ ތަޖުރިބާ ދަލީލުކޮށްދޭ ލިޔެކިޔުންތަކާއެކު، 2026 އޮކްޓޯބަރު 20 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. ކޮމިޓީތަކަށް މެންބަރުން ހޮވުމުގައި، އެ ދާއިރާއަކުން ތަޢުލީމާއި ޢަމަލީ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މިއިދާރާގެ ފޯނު ނަންބަރު 6885003 އާ ގުޅުއްވުން، ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
03 ޖުމާދުލްއޫލާ 1448
14 އޮކްޓޯބަރ 2026

