އިޢުލާން
ހިތަދޫ އަވަށުގައި ސަރުކާރުން ޤާއިމްކުރައްވަމުން ގެންދަވާ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދެއްވުމުގެ މަސައްކަތް 2019 ޖުލައި މަހުގެ 27 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. މިގޮތުން މިހާރު ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުން ގޭގެއަށް ގުޅާފައިވާ ކެޗްޕިޓަށް ގެ ތަކުގެ ސްވަރޭޖް ހޮޅި ގުޅުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ތިރީގައިއެވާ ތާވަލާ އެއްގޮތަށް ކުރިއަށް ގެންދަވާނެއެވެ. އަދި ގޭގެއިން ނަރުދަމާ ވިޔުގަ އާއި ގުޅުމަށް ބޭނުންވާ ހޮޅި ރައްޔިތުންނަށް ލުއި ފަސޭހަ އިންތިޒާމެއްގެ ތެރެއިން ހޯދޭނެގޮތެއް ފެނަކަ ކޯޕަރޭޝަންގެ ހިތަދޫ ބްރާންޗުން ހަމަޖައްސަވާދެއްވާނެ ކަމުގައިވެސް ދަންނަވަމެވެ.
ވީމާ، މި ޚިދުމަތް ގުޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ތާވަލްގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެސަރަހައްދުތަކުގެ ގޭގެއަށް ވަޑައިގަންނަވާ ފެނަކަ ކޯޕަރޭޝަންގެ ޓީމްތަކާއި ގުޅިގެން ޚިދުމަތް ގުޅުމުގެ މަސައްކަތް ކުރިއަށް ގެންދެވުމަށް ސަމާލުކަން ދެއްވުން އެދެމެވެ. މިޚިދުމަތް ކަނޑައެޅިފައިވާ ތާރީޙަށް ނިންމުމަށްޓަކައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދެއްވުމަށް ދަންނަވަމެވެ.
އައްޑޫސިޓީ ހިތަދޫ އުތުރާއި ދެކުނު އަދި މެދު ސަރަޙައްދުގެ ގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާގޮތުގެ ތާވަލް
|
ނިމޭ ތާރީޚް |
ފަށާ ތާރީޚް |
ސަރަހައްދު |
ސްޓޭޝަން ނަންބަރ |
|
03 އޮގަސްޓް 2019 |
27 ޖުލައި 2019 |
ދެކުނު ދާއިރާ |
ޕަމްޕް ސްޓޭޝަން 1 |
|
08 އޮގަސްޓް 2019 |
01 އޮގަސްޓް 2019 |
ދެކުނު ދާއިރާ |
ޕަމްޕް ސްޓޭޝަން 2 |
|
13 އޮގަސްޓް 2019 |
06 އޮގަސްޓް 2019 |
ދެކުނު ދާއިރާ |
ޕަމްޕް ސްޓޭޝަން 3 |
|
18 އޮގަސްޓް 2019 |
11 އޮގަސްޓް 2019 |
ދެކުނު ދާއިރާ |
ޕަމްޕް ސްޓޭޝަން 4 |
|
23 އޮގަސްޓް 2019 |
16 އޮގަސްޓް 2019 |
ދެކުނު ދާއިރާ |
ޕަމްޕް ސްޓޭޝަން 5 |
|
28 އޮގަސްޓް 2019 |
21 އޮގަސްޓް 2019 |
ދެކުނު ދާއިރާ |
ޕަމްޕް ސްޓޭޝަން 6 |
|
02 ސެޕްޓެމްބަރ 2019 |
26 އޮގަސްޓް 2019 |
ދެކުނު ދާއިރާ |
ޕަމްޕް ސްޓޭޝަން 7 |
|
07 ސެޕްޓެމްބަރ 2019 |
31 އޮގަސްޓް 2019 |
ދެކުނު ދާއިރާ |
ޕަމްޕް ސްޓޭޝަން 8 |
|
12 ސެޕްޓެމްބަރ 2019 |
05 ސެޕްޓެމްބަރ 2019 |
ދެކުނު ދާއިރާ |
ޕަމްޕް ސްޓޭޝަން 9 |
|
17 ސެޕްޓެމްބަރ 2019 |
10 ސެޕްޓެމްބަރ 2019 |
އުތުރު ދާއިރާ |
ޕަމްޕް ސްޓޭޝަން 10 |
|
22 ސެޕްޓެމްބަރ 2019 |
15 ސެޕްޓެމްބަރ 2019 |
އުތުރު ދާއިރާ |
ޕަމްޕް ސްޓޭޝަން 11 |
|
27 ސެޕްޓެމްބަރ 2019 |
20 ސެޕްޓެމްބަރ 2019 |
އުތުރު ދާއިރާ |
ޕަމްޕް ސްޓޭޝަން 12 |
|
02 އޮކްޓޯބަރ 2019 |
25 ސެޕްޓެމްބަރ 2019 |
އުތުރު ދާއިރާ |
ޕަމްޕް ސްޓޭޝަން 13 |
|
25 ސެޕްޓެމްބަރ 2019 |
15 ސެޕްޓެމްބަރ 2019 |
މެދު ދާއިރާ |
ވެކިއުމް ސްޓޭޝަން 1 |
|
05 އޮކްޓޯބަރ 2019 |
25 ސެޕްޓެމްބަރ 2019 |
މެދު ދާއިރާ |
ވެކިއުމް ސްޓޭޝަން 2 |

