އިޢުލާން
އައްޑޫސިޓީ ހުޅުދޫ އަވަށުގައި ސަރުކާރުގެ ފަރާތުން ޢިމާރާތްކޮށްފައިވާ ފްލެޓްތަކުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
އައްޑޫސިޓީ ހުޅުދޫ އަވަށުގައި ސަރުކާރުގެ ފަރާތުން ޢިމާރާތްކޮށްފައިވާ ފްލެޓްތަކުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މި ކަމަށް އެދި ބީލަން ހުށަހެޅުއްވުން އެދެމެވެ. މި ކަމަށް އެދި ހުށަހަޅާ ބިޑް ޑޮކިއުމަންޓް ވިއްކުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށެވެ. ބިޑް ޑޮކިއުމަންޓެއްގެ އަގަކީ 300.00 ރުފިޔާ އެވެ.
ވީމާ، ބިޑް ޑޮކިއުމަންޓް ބޭނުންވާ ފަރާތްތަކުން 30 ޖޫން 2020 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެކައުންޓަށް ފައިސާ ޓްރާންސްފަރ ކުރެއްވުމަށްފަހު، ޓްރާންސްފަރ ރިސިޕްޓް، އެ ފަރާތެއްގެ މަޢުލޫމާތު (ނަމާއި އެޑްރެސް އަދި ގުޅޭނެ ފޯން ނަންބަރު) އެނގޭ ގޮތަށް ތިރީގައިވާ އީމެއިލް އަށް ފޮނުއްވުން އެދެމެވެ.
ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ 02 ޖުލައި 2020 ވާ ބުރާސްފަތި ދުވަހުގެ 11:30 ގައި އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ހުޅުދޫ އަވަށު އޮފީހުގައެވެ.
މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑް ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ.
| 
			 އީމެއިލް އެޑްރެސް  | 
			|
| 
			 އެކައުންޓް ނަންބަރު  | 
			
			 7708700341001  | 
		
| 
			 އެކައުންޓުގެ ނަން  | 
			
			 1277 REVENUE 1  | 
		
25 ޖޫން 2020

