| 
			 ވަޒީފާގެ ފުރުސަތު  | 
		|
| 
			 އައްޑޫސިޓީ ކައުންސިލް އިދާރާގެ ފޭދޫ އަވަށު އޮފީހުގެ ނަންބަރު(IUL)426/426/2020/64 އިއުލާނަށް އެކަށީގެންވާވަރަށް މީހުން ކުރިމަތިލާފައި ނުވާތީ އެ އިއުލާން ބާތިލްކޮށް އަލުން އިއުލާން ކުރީމެވެ.  | 
		|
| 
			 މަޤާމް  | 
			
			 ޖިމް އިންސްޓްރަކްޓަރ  | 
		
| 
			 ބޭނުންވާ ޢަދަދު:  | 
			
			 01 (އެކެއް)  | 
		
| 
			 މަޤާމުގެ ގިންތި އާއި މުއްދަތު  | 
			
			 ވަގުތީ (31 ޑިސެންބަރު 2020 ގެ ނިޔަލަށް)  | 
		
| 
			 ވަޒީފާ އަދާކުރަންޖެހޭ ތަން:  | 
			
			 ގަން ކޮމިއުނިޓީ ސެންޓަރ، ގަން / އައްޑޫ  | 
		
| 
			 މުސާރަ:  | 
			
			 5610/- ރުފިޔާ  | 
		
| 
			 ސަރވިސް އެލަވަންސް:  | 
			
			 2000/- ރުފިޔާ  | 
		
| 
			 އެހެނިހެން އެލަވަންސް:  | 
			
			
  | 
		
| 
			 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:  | 
			
			 1. ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށްޓަކައި ކުޅިވަރާއި ކަސްރަތަށް އަހުލުވެރިކުރުމުގެ ގޮތުން ހުރިހާ އުމުރުފުރާއަކަށް އަމާޒުކޮށް ކަސްރަތު ޕުރޮގްރާމްތައް ރާވައި ހިންގުން. 2. ޒުވާނުންގެ މަރުކަޒުން ހިންގާ ކަސްރަތު ޕުރޮގްރާމްތަކުގެ ރެކޯޑް ބެލެހެއްޓުމާއި ( އަންހެން / ފިރިހެން އަދި އުމުރު އެނގޭނެހެން) އަދި އެ މަޢުލޫމާތު ކައުންސިލް އާއި ޙިއްސާކުރުން. 3. ޒުވާނުންގެ މަރުކަޒުން ހިންގާ ކަސްރަތު ޕުރޮގްރާމްތަކުގެ ފެންވަރު ހިފެހެއްޓުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން. 4. ޒުވާނުންގެ މަރުކަޒުން ކުރިއަށްގެންދާ ކަސްރަތު ޙަރަކާތްތަކާއި ގުޅިގެން ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތް ކުރުން. 5. ވަޒީފާއާ ގުޚޭގޮތުން އޮފީހުން ކުރަންޖެހިއްޖެ ކޮންމެ ކަމެއްގައި ހަރަކާތްތެރިވުން. 6. ޖިމްގެ މެމްބަރުންނަށް ހާޟިރީ ބެލެހެއްޓުން. 7. ޖިމް ބޭނުންކުރުމަށް ދެ ޖިންސަށް ވަކި ގަޑިތަކެއް ހަމަޖައްސައި އެތާވަލާއި އެއްގޮތަށް ޖިމް ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖެއްސުން. 8. ޖިމާއި އަދި ޖިމުގައި ބޭނުންކުރެވޭ އެންމެހާ އިކުއިޕްމެންޓް ސާފުކޮށް ބެލެހެއްޓުމުގެ އިންތިޒާމްތައް ހަމަޖެއްސުން. 9.ޖިމް ބޭނުންކުރާ ފަރާތްތަކުން ޖިމްގައި އުޅޭއިރު އާންމު ސާފުތާހިރުކަމަށާއި، ތަނުގެ ޤަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް ބާރުއެޅުން. 10. ޖިމުގައި ބޭނުންކުރާ އެއްވެސް އިކުއިޕްމަންޓަކަށް ގެއްލުމެއްވެއްޖެނަމަ ވަގުތުން އެކަން ޔޫތު ސެންޓަރުގެ އޮފީހަށް އެންގުމާއެކު އެކަން ޙައްލުކުރުމަށް މަސައްކަތްކުރުން. 11. ޖިމުގައި ބޭނުންކުރާ އިކުއިޕްމަންޓްތަކުގެ މައުލޫމާތު ޖިމް ބޭނުންކުރާ ފަރާތްތަކަށް ދިނުމާއި އެތަކެތި ބޭނުންކުރާ އެންމެ ރަނގަޅުގޮތުގެ އިރުޝާދު ދިނުން. 12. ޖިމް ބޭނުންކުރާ ފަރާތްތަކުން ކަސްރަތުކުރަމުންދާއިރު މޮނިޓަރކޮށް، ރައްކާތެރިގޮތެއްގައި އަނިޔާނުވެ ކަސްރަތުތައް ކުރުމަށް އިރުޝާދުދީ، އެހީތެރިކަން ފޯރުކޮށްދިނުން. 13. ޖިމް ބޭނުންކުރާ ދެ ޖިންސްގެ މީހުންނަށާއި އުމުރުފުރާ އަދި ފިޓްނެސް ލެވެލްއަށް ބަލައި ތަފާތު ކަސްރަތު ޕުރޮގްރާމްތައް ރޭވުން. 14. ޖިމް ބޭނުންކުރާ މީހުންގެ ސިއްޙަތު ޗާޓެއް އެކުލަވާލައި މަހުން މަހަށް މޮނިޓަރކޮށް ބަލަހައްޓައި އެޗާޓާއި އެއްގޮތަށް ޕުރޮގްރާމްތައް ރޭވުން. 15. ދުޅަހެޔޮ ސިއްޙަތަކަށް ބޭނުންވާ އެންމެހާ މަޢުލޫމާތު (ކެއުން ބަހައްޓަންވީގޮތް، ބަރުދަން ބަހައްޓަންޖެހޭ މިންގަނޑު އަދި އާންމު ދިރިއުޅުން ބަހައްޓަންވީގޮތް) ޖިމް ބޭނުންކުރާ ފަރަތްތަކަށް ފޯރުކޮށްދިނިނުން. 16. ޖިމް ބޭނުންކުރުމުގައި އިމަޖެންސީއެއް ދިމާވާ ޙާލަތެއްގައި އަވަސް ފަރުވާ ދިނުމުގެ އިންތިޒާމް ހަމަޖެއްސުން.  | 
		
| 
			 މަޤާމުގެ ޝަރުތުތައް:  | 
			
			 މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގެ ސަނަދެއް ހާސިލްކޮށްފައިވުން ނުވަތަ މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއިން 01 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.  | 
		
| 
			 ހުށަހަޅަންޖެހޭ ލިޔުންތައް: 
 
 
 
  | 
			
			
 (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. 
 (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް  | 
		
| 
			 ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  | 
			
			
  | 
		
| 
			 މަޤާމަށް އެދެންވީގޮތާއި ސުންގަޑި:  | 
			
			 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 6 އޮގަސްޓް 2020 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ފޭދޫ އަވަށު އޮފީހަށެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ބަލައިގަނެވޭނެއެވެ.  | 
		
| 
			 އިންޓަވިއު އޮންނާނެ ތަނާއި،މުއްދަތު:  | 
			
			 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2020 އޮގަސްޓް 16 އާއި 2020 އޮގަސްޓް 25 އާ ދެމެދު، ފޭދޫ އަވަށު އޮފީހުގައެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.  | 
		
| 
			 ޝޯޓް ލިސްޓްކުރުން:  | 
			
			 މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.  | 
		
| 
			 އިތުރު މަޢުލޫމާތު ހޯދުން  | 
			
			 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6892018 ނަންބަރު ފޯނާއެވެ.  | 
		
| 
			 29 ޛުލްޤަޢިދާ 1441 20 ޖުލައި 2020  | 
		|

