މައްސަލަ |
||||
ހުށަހެޅުނު މައްސަލަ: ކައުންސިލްގެ ނިންމުން ނަމްބރު 256އިން ޝަރަފުއްދީނު ސްކޫލްގެ އިނާމުދިނުމުގެ ޖަލްސާއަށް ކައުންސިލުން ހުށަހަޅާ އިނާމުގެ މައްސަލައާއި މެދު ގޮތެއް ނިންމި އިރު ބައެއް ޚަރަދު ހިމެނިފައި ނުވާތީ އެޚަރަދު ހަމަޖެއްސުމުގައި ކައުންސިލުން ގޮތެއް ނިންމުން |
||||
މައްސަލަ ހުށަހެޅި ފަރާތް: ސޯޝަލް ސަރވިސް ސެކްޝަން |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް: ހުށަހަޅާފައިވާ މައްސަލައާއި ގުޅިގެން މިފަދަ މައްސަލަތައް ހުށަހެޅުމުގެ ކުރިން އެކަންކަމަށް ހިނގާނެ ކަމަށް ލަފާ ކުރެވޭ ޚަރަދު ތަކުގެ ފުރިހަމަ ތަފްޞީލް ސެކްޝަނުން ހޯދައި ކައުންސިލަށް ހުށަހެޅުމަށާއި، މިބާވަތުގެ ކަންކަން ޒިންމާދާރުކަމާ ފަރުވާތެރިކަމާއެކު ސެކްޝަންތަކުން ހިންގަމުން ނުދާތީ އެކަމާއި ކަންބޮޑުވާކަމަށާއި، މިފަދަ ކަންކަން ތަކުރާރު ނުކުރުމަށް އިލްތިމާސްކުރުމަށްފަހު، މިކަމަކީ ހިނގާފައިވާ ކަމަކަށްވާތީ ބިލް އަދާ ކުރުމުގެ ގޮތުން، ޝަރަފުއްދީނު ސްކޫލްގެ 2017 ވަނަ އަހަރުގެ އިނާމުދިނުމަށް ކައުންސިލުން ތައްޔާރުކުރި އިނާމް ތަކުގެ ޖީ.އެސް.ޓީއަށް ހިނގާ ޚަރަދު،1185.00ރުފިޔާ އަދި ފްރައިޓް ޗާރޖެސްއަށް ހިނގާ ޚަރަދު، 500.00ރުފިޔާ، ޖުމްލަ: 1685.00ރުފިޔާ(ސޯޅާސަތޭކަ އަށްޑިހަފަސްރުފިޔާ) ކައުންސިލްގެ އާމްދަނީ ބަޖެޓްގެ ބަޖެޓް ކޯޑް 228999 އިނާމު ދިނުމާއި ސްކޫލްތަކުން ހިންގާ އެކިއެކި ޙަރަކާތަކަށް އެހީދިނުމަށް ކަނޑައަޅާފައިވާ ޚަރަދުގެ ތެރެއިން ހަމޖެއްސުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން، މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްވިއެވެ. |
||||
ތާއީދު ކުރެއްވި: ކައުންސިލަރ ފައިޞަލް އިބްރާހީމް |
ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ: 00 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 05 ވޯޓް |
ވޯޓުގައި ބައިވެރިވި: 05 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
ޝަރަފުއްދީނު ސްކޫލްގެ އިނާމުދިނުމުގެ ޖަލްސާއަށް ކައުންސިލުން ހުށަހަޅާ އިނާމުގެ މައްސަލަ