|
މައްސަލަ |
||||
|
ހުށަހެޅުނު މައްސަލަ: އައްޑޫސިޓީގައި ކްރޫސް ޓާރމިނަލް އާއި މެރީނާއެއް ޤާއިމުކުރާނެ ސަރަޙައްދު ކަނޑައެޅުން |
||||
|
މައްސަލަ ހުށަހެޅި ފަރާތް: މޭޔަރ ޢަބްދުﷲ ޞާދިޤް |
||||
|
ނިންމުން |
||||
|
މައްސަލަ ނިމުނުގޮތް: " މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، އައްޑޫސިޓީގެ އިޤްތިޞާދު ކުރިއެރުވުމަށާއި، އައްޑޫގެ ޓުއަރިޒަމް ކުރިއެރުވުމަށް މަގު ފަހިވާ ގޮތަށް ކްރޫސް ޓާރމިނަލް އާއި މެރީނާއެއް ޤާއިމު ވެގެން ދިއުމަކީ މުހިއްމު ބޭނުންތެރިކަމެއްކަމުގައި ދެކޭތީ، އަދި މިފަދަ މެރީނާއެއް ޤާއިމު ވުމުން އައްޑޫގައި ވަޒީފާގެ ފުރުޞަތު އިތުރުވެ، ސިޓީގެ ހީނަރުވެފައިވާ އިޤްތިޞާދު ކުރިއަރައި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިވެގެންދާނެ ކަމަށް ބެލެވޭތީ، އައްޑޫސިޓީގައި ކްރޫސް ޓާރމިނަލް އާއި މެރީނާއެއް ޤައިމު ކުރާނެ ސަރަޙައްދު ( ހުށަހެޅުމާއެކު އެއްކަރުދާސް ކުރެވިފައިވާ ކުރެހުމާއި އެއްގޮތަށް، ޗާޓްގައި ފާހަގަ ކޮށްފައިވާ ސަރަޙައްދު) ކަނޑައަޅައި ޤަވާޢިދާއި އެއްގޮތަށް ލޭންޑް ޔޫސް ޕްލޭންގައި ހިމެނުމަށް ކުރަންޖެހޭ މަސައްކަތް ހިންގުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
||||
|
ތާއީދު ކުރެއްވި: ކައުންސިލަރ، ޙުސައިން ޙިޔާޟް |
ހުށަހެޅުން ހުށަހެޅި: މޭޔަރ، ޢަބްދުﷲ ޞާދިޤް |
|||
|
ވޯޓް ދެއްވި ގޮތް |
||||
|
ބައިވެރިވެވަޑައިނުގަންނަވާ: 00 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 04 ވޯޓް |
ވޯޓުގައި ބައިވެރިވި: 04 ވޯޓް |
|
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

