|
މައްސަލަ |
||||
|
ހުށަހެޅުނު މައްސަލަ: ސަރުކާރުގެ ގެދޮރުވެރި ކަމުގެ ޕްރޮގްރާމްގެ ދަށުން ހުޅުދޫ އަވަށުގައި ޢިމާރާތް ކޮށްފައިވާ 48 ފްލެޓްގެ ތެރެއިން ދިރިއުޅުމަށްޓަކައި މީހުންނަށް ދޫ ނުކުރެވި ހުރި ޕްލެޓް ތަކަށް ކުރިމަތި ލުމުގެ ފުރުޞަތު އަލުން ހުޅުވައި ލުމަށްޓަކައި އިޢުލާނުކުރުމުގައި ކައުންސިލުން ގޮތެއް ނިންމުން |
||||
|
މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ ޙުސައިން ފައިޒުއްރަޙްމާން |
||||
|
ނިންމުން |
||||
|
މައްސަލަ ނިމުނުގޮތް: " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، ސަރުކާރުގެ ގެދޮރުވެރި ކަމުގެ ޕްރޮގްރާމްގެ ދަށުން ހުޅުދޫ އަވަށުގައި ޢިމަރާތް ކޮށްފައިވާ 48 ފްލެޓްގެ ތެރެއިން ދިރިއުޅުމަށްޓަކައި މީހުންނަށް ދޫ ނުކުރެވި ހުރި ފްލެޓް ތަކަށް ކުރިމަތި ލުމުގެ ފުރުޞަތު އައްޑޫސިޓީގެ ހުރިހާ އަވަށެއްގައި ބޯހިޔާ ވަހިކަމުގެ ދަތިކަން ކުރިމަތިވެފައި ތިބި ރައްޔިތުންނަށް ފަހިވާ ގޮތަށް ޢާއްމުކޮށް ހުޅުވާލުމަށާއި، މިގޮތުން ހުޅުވާލެވޭ ފުރުޞަތުގައި ކައުންސިލްގެ ނަމްބަރު 426-B (3)/2021/42 ނިންމުމުގައި ބަޔާން ކުރެވިފައިވާ ގޮތަށް ކެޓަގަރީތައް ކަނޑައަޅައި ހުޅުދޫ އަވަށުގައި ޤާއިމު ކުރެވިފައި ހުރި ފްލެޓްތަކަށް އައްޑޫސިޓީގެ ރައްޔިތުންނަށް ކުރިމަތިލެވޭގޮތަށް ޤާވާޢިދާއި އެއްގޮތަށް އިޢުލާނު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
||||
|
ތާއީދު ކުރެއްވި: ކައުންސިލަރ، އަޙްމަދު ސަޢީދު |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އިބްރާހީމް ޝިނާޒް |
|||
|
ވޯޓް ދެއްވި ގޮތް |
||||
|
ބައިވެރިވެވަޑައިނުގަންނަވާ: 04 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 08 ވޯޓް |
ވޯޓުގައި ބައިވެރިވި: 12 ވޯޓް |
|
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

