އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހާބަރ އިންސްޕެކްޓަރުން އަދި ހާބަރ މާސްޓަރ މަޤާމް އުފެއްދުމަށް ހުށަހަޅާ މައްސަލަ

25 އޯގަސްޓް 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީ ބަނދަރު ސާފުކޮށް ބެލެހެއްޓުމާއި މި ސަރަހައްދުގައި ކަރަންޓާއި ފެނުގެ ޚިދުމަތް ޤާއިމުކޮށް މިޚިދުމަތް އިންސްޕެކްޓްކޮށް ބެލެހެއްޓުމަށް ހާބަރ އިންސްޕެކްޓަރުން އަދި ހާބަރ މާސްޓަރ މަޤާމް އުފެއްދުމަށް ހުށަހަޅާ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް: އާއްމު ކޮމިޓީ

ނިންމުން

މައްސަލަ ނިމުނުގޮތް:

            " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތްކުރުމަށްފަހު، އައްޑޫސިޓީ ބަނދަރު ސާފުކޮށް ބެލެހެއްޓުމާއި މި ސަރަހައްދުގައި ކަރަންޓާއި ފެނުގެ ޚިދުމަތް ޤާއިމުކޮށް މިޚިދުމަތް އިންސްޕެކްޓްކޮށް ބެލެހެއްޓުމަށް ތިރީގައިވާ ގޮތަށް މުވައްޒަފުން ނެގުމަށާއި މުވައްޒަފުންގެ މުސާރަ ކައުންސިލްގެ އާމްދަނީ ބަޖެޓުން ހަމަޖެއްސުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާގުން މި ހުށަހެޅުން ފާސްކުރެވުނެވެ. 

ހާބަރ މާސްޓަރ  - GS4

ބޭނުންވާ އަދަދު

ކޮންމެ އަވަށަކަށް 01 (ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ، ހުޅުދޫ އަދި މީދޫ)

މުސާރަ

  • އަސާސީ މުސާރަ: 5020.00/-
  • ސަރވިސް އެލަވެންސް: 1500.00/-
  • އިތުރުގަޑި: 502/-  (އަސާސީ މުސާރައިގެ 10%)
 

 

ހާބަރ އިންސްޕެކްޓަރ – GS3

ބޭނުންވާ އަދަދު

  •  އަށް 06 ހާބަރ އިސްޕެކްޓަރ

މަރަދޫ، މަރަދޫފޭދޫ، ފޭދޫ، ހުޅުދޫ އަދި މީދޫ (ކޮންމެ އަވަށަކަށް) 04 ހާބަރ އިސްޕެކްޓަރ

މުސާރަ

  • އަސާސީ މުސާރަ: 4465.00/-
  • ސަރވިސް އެލަވެންސް: 1500.00/-
  • އިތުރުގަޑި: 446.50/-  (އަސާސީ މުސާރައިގެ 10%)
 

 

 ތާއީދު ކުރެއްވި: ކައުންސިލަރ، އަޙްމަދު ނާދިރު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ހުސައިން ފައިޒުރަޙްމާން

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 10 ވޯޓް

ވޯޓުގައި ބައިވެރިވި: 10 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2021/075

ތާރީޚް: 25 އޯގަސްޓް 2021