އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ނަންބަރު 426-B(4)/2021/045 އިން ނިންމާފައިވާ ނިންމުން މުރާޖަޢާ ކޮށް ދެއްވުމަށް އެދި

29 އޯގަސްޓް 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ނަންބަރު 426-B(4)/2021/045 އިން ނިންމާފައިވާ ނިންމުން މުރާޖަޢާ ކޮށް ދެއްވުމަށް އެދި

މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ އިބްރާޙިމް ޝިނާޒު

ނިންމުން

މައްސަލަ ނިމުނުގޮތް:

         "މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، އައްޑޫ އެކިއުޓޯރިއަލް ހޮސްޕިޓަލްގެ އިރުމަތީ އަދި ހުޅަނގު ފަރާތުގައި ހުރި ގޯތިތައް ނެގުމަށް ކައުންސިލްގެ 426-B(4)/2021/045 ނަންބަރ ނިންމުން ނިންމި އިރު ރައްޔިތުންގެ މަޝްވަރާ ހޯދިފައި ނުވާތީ މި މައްސަލާގައި އޭ.އީ.އެޗް ސަރަހައްދުން ގޯތިނެގިފައިވާ ފަރާތްތަކާއި އެކު ވަކި ވަކިން ބައްދަލުކޮށް، އެ ފަރާތްތަކުގެ މަޝްވަރާ ހޯދައި، އާއްމު ރައްޔިތުންނާއި މަޝްވަރާކުރުމަށް ތިރީގައިވާ 05 މެމްބަރުންގެ މައްޗަށް ހިމެނޭކޮމިޓީ އެއް އެކުލަވާލައި، މި ކޮމިޓީ އެކުލަވާލާތާ 15 ދުވަސްތެރޭ ދިރާސާ ރިޕޯޓެއް އެކުލަވާލައި ތަފްސީލީ ރިޕޯޓް ކައުންސިލަށް ހުށަހެޅުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އައުލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ކޮމިޓީގެ މެމްބަރުން:

  1. ކައުންސިލް އެގްޒެކެޓިވް ހަސަން ޒަރީރު (ފޭދޫ އަވަށު އޮފީސް)
  2. ކައުންސިލް އެގްޒެކެޓިވް ނޫރާ ޖަލީލު (ހިތަދޫ އަވަށު އޮފިސް)
  3. އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް މަރިޔަމް އަޒްލީމާ (ޕްރޮޖެކްޓް ސެކްޝަން)
  4. އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް މުޙައްމަދު ލުތްފީ ( ޕްލޭނިންގ ސެކްޝަން)
  5. ލީގަލް އޮފިސަރ އަބްދުﷲ އިޙުސާން (ލީގަލް ޔުނިޓް)

ތާއީދު ކުރެއްވި:  ކައުންސިލަރ، މަރިޔަމް ސަޢީދާ

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ހުސައިން ޒަރީރު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 05 ވޯޓް.

ފެންނަކަމަށް: 07 ވޯޓް

ވޯޓުގައި ބައިވެރިވި: 12 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2021/076

ތާރީޚް: 29 އޯގަސްޓް 2021