އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އެމް.ޓީ.ސީ.ސީ އިން ފެރީ ޓާމިނަލް އެޅުމަށް ހިތަދޫ ބަނދަރު ބިމެއް ހަމަޖެއްސުން.

8 ސެޕްޓެމްބަރ 2021     


ކައުންސިލްގެ ނިންމުން

 

ނިންމުން ނަންބަރު: 426-B (4)/2021/085

ބޭއްވުނު ތާރީޚް:08 ސެޕްޓެމްބަރ 2021

ޖަލްސާ: 2021ވަނަ އަހަރުގެ 29 ވަނަ ރަސްމީ ޖަލްސާ(4ވަނަ ކައުންސިލްގެ 15 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ:  

އެމް.ޓީ.ސީ.ސީ އިން ފެރީ ޓާމިނަލް އެޅުމަށް ހިތަދޫ ބަނދަރު ބިމެއް ހަމަޖެއްސުން.

މައްސަލަ ހުށަހެޅި ފަރާތް: ޕްލޭނިންގ ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

            " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު،ހިތަދޫ ބަނދަރު ބޭނުންކުރާ ދަތުރުވެރިންނަށް ފެރީ ޓާރމިނަލް އެއް ނެތުމުން، ދަތުރުވެރިން އައްވާއި ވާރޭގައި ބަނދަރުގައި ތިބެން ޖެހުމަކީ ކައުންސިލުން ކަންބޮޑުވާ ކަމެއްކަމަށާއި، އެމް.ޓީ.ސީ.ސީ އިން އިސް ނަންގަވައިގެން ހިތދޫ ބަނދަރު ސަރަހައްދުގައި ފެރީ ޓާރމިނަލްއެއް ހެދުމަށް ބިމެއް ހަމަޖައްސަވައި ދެއްވުމަށް އެދިފައިވާ މައްސަލައަކީ މުހިއްމު މައްސަލައެއްކަން ފާހަގަކޮށް،

ރަނގަޅު ފެންވަރުގެ ފެރީ ޓާރމިނަލްއެއް ހެދުމަށް ސެކްޝަނުން ހުށަހަޅާފައިވާ ގޮތަށް ހިތަދޫ ބަނދަރުން 5000އަކަފޫޓުގެ ބިން ޤަވާޢިދާއި އެއްގޮތަށް އެމް.ޓީ.ސީ.ސީ އާއި ޙަވާލުކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޣުލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ. 

 ތާއީދު ކުރެއްވި: ކައުންސިލަރ، އާމިނަތު އަދާލާ ރަޝީދު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ޙުސައިން ޒަރީރު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 01 ވޯޓް.

ފެންނަކަމަށް: 10 ވޯޓް

ވޯޓުގައި ބައިވެރިވި: 12 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2021/085

ތާރީޚް: 8 ސެޕްޓެމްބަރ 2021