އައްޑޫސިޓީ ކައުންސިލްގެ އިދާރާ

2021 ވަނަ އަހަރުގެ 45 ވަނަ ރަސްމީ ޖަލްސާގައި ނިންމާފައިވާ ނިންމުމާއި ގުޅިގެން ވިޔަފާރި އުސޫލުން ކުލި ނަގާ ބިންތަކަށް މުއްދަތެއް ކަނޑައަޅައިދުނުމަށް

1 ޖޫން 2022     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2022/091

ބޭއްވުނު ތާރީޚް:  01 ޖޫން 2022

ޖަލްސާ: 2022ވަނަ އަހަރުގެ 21 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 52 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

2021 ވަނަ އަހަރުގެ 45 ވަނަ ރަސްމީ ޖަލްސާގައި ނިންމާފައިވާ ކައުންސިލްގެ ނަންބަރު 426-B(4)/2021/156 (30 ޑިސެމްބަރ 2021)  ނިންމުމާއި ގުޅިގެން ވިޔަފާރި އުސޫލުން ކުލި ނަގާ ބިންތަކަށް މުއްދަތެއް ކަނޑައަޅައިދުނުމަށް

މައްސަލަ ހުށަހެޅި ފަރާތް: ޕްލޭނިންގ ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، " ކައުންސިލްގެ ނަންބަރު 426-B(4)/2021/156 (30 ޑިސެމްބަރ 2021)  ނިންމުން އިސްލާޙްކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އާއްމު ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ދައުލަތުގެ އިދާރާތަކާއި، ޔޫޓިލިޓީސްގެ ޚިދުމަތް ފޯރުކޮށްދޭ ސަރުކާރުގެ ކުންފުނިތަކާއި، ދިވެހި ބޭންކުތަކާއި، ސަރުކާރުގެ ހޮސްޕިޓަލްތަކާއި އަދި މުވާސަލާތީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ދޫކުރާ ކުލީ ބިންތަކުގެ ތެރެއިން ކުއްޔަށް ދޫކުރާ ބިންތަކުގެ ކުލީގެ މުއްދަތަކީ 15 އަހަރު ކަމުގައި ކަނޑައެޅުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ އަޙްމަދު ސަޢީދު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ އިބްރާހީމް ޝިނާޒް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް

ފެންނަކަމަށް: 09 ވޯޓް

ވޯޓުގައި ބައިވެރިވި: 09 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2022/091

ތާރީޚް: 1 ޖޫން 2022