އައްޑޫސިޓީ ކައުންސިލްގެ އިދާރާ

WDC ފަރާތުން މަރަދޫ ގައި ހޭނޑް ބޯލް ކުޅޭނެ ދަނޑެއް ތަރައްޤީ ކުރުމަށް މަރަދޫން ބިމެއް ހޯދުމަށް

1 ޖޫން 2022     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2022/093

ބޭއްވުނު ތާރީޚް:  01 ޖޫން 2022

ޖަލްސާ: 2022ވަނަ އަހަރުގެ 21 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 52 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީ ގެ އަންހެނުންގެ ތަރައްޤީ އަށް މަސައްކުރާ ކޮމެޓީގެ ފަރާތުން މަރަދޫ ގައި ހޭނޑް ބޯލް ކުޅޭނެ ދަނޑެއް ތަރައްޤީ ކުރުމަށް މަރަދޫން ބިމެއް ހޯދުމަށް އެދިލައްވާފައިވާތީ ބިމެއް މަރަދޫން ހަމަޖައްސަވައިދެއްވުން އެދި.

މައްސަލަ ހުށަހެޅި ފަރާތް: މަރަދޫ އަވަށު އޮފީސް

ނިންމުން

މައްސަލަ ނިމުނުގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، " އަންހެނުންގެ ތަރައްޤީ އަށް މަސައްކުރާ ކޮމެޓީގެ ފަރާތުން، މަރަދޫ ގައި ހޭންޑް ބޯލް ކުޅުމަށް ދަނޑެއް ތަރައްޤީ ކުރުމަށްޓަކައި، މަރަދޫ އަވަށު އޮފޫހުން ހުށަހަޅާފައިވާ ޗާޓުގައި ފާހަގަ ކޮށްފައިވާ މާކަރީ ސެންޓަރ ބިން (84*127) އަކަ ފޫޓޫގެ ބިން ހަމަޖެއްސުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޝުޢާޢު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ އަޙްމަދު ސަޢީދު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް

ފެންނަކަމަށް: 09 ވޯޓް

ވޯޓުގައި ބައިވެރިވި: 09 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2022/093

ތާރީޚް: 1 ޖޫން 2022