އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫގައި ޖަނަވާރު އަދި ދޫނިސޫފާސޫފި ގެންގުޅުމުގެ ޤަވާއިދު ފާސްކުރުމަށް ހުށަހަޅާ މައްސަލަ

1 ޖޫން 2022     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2022/094

ބޭއްވުނު ތާރީޚް:  01 ޖޫން 2022

ޖަލްސާ: 2022ވަނަ އަހަރުގެ 21 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 52 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫގައި ޖަނަވާރު އަދި ދޫނިސޫފާސޫފި ގެންގުޅުމުގެ ޤަވާއިދު ފާސްކުރުމަށް ހުށަހަޅާ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް: އާއްމު ކޮމެޓީ

ނިންމުން

މައްސަލަ ނިމުނުގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، " އާއްމުކޮމިޓީ އިން ފާސްކޮށްފައިވާ އައްޑޫގައި ޖަނަވާރު އަދި ދޫނިސޫފާސޫފި ގެންގުޅުމުގެ ޤަވާއިދު ގެ 05 ވަނަ މާއްދާގެ (ހ) "މި ޤަވާޢިދަށް ޢަމަލުކުރަން ފެށުމުގެ ކުރިން ރަށްރަށުގެ ވަލުތެރޭގައި ކޮށި އެޅުމަކާނުލައި ނުވަތަ ކޮށި އަޅައިގެން ވަކި ފަރާތަކަށް ނިސްބަތްވާގޮތަށް ގެންގުޅެމުންދާ  ދޫނި ސޫފާސޫފި، ކުކުޅު، ބަކަރި ފަދަ ޖަނަވާރުތައް ގެންގުޅޭ ފަރާތްތަކުން، ކައުންސިލުގެ ހުއްދައާއެކު ކޮށި އަޅައިގެން އެތަކެތި ގެންގުޅެނޭ ތަނެއް ހޯދުމަށް މިޤަވާޢިދަށް ޢަމަލުކުރަންފަށާ ދުވަހުން ފެށިގެން 06 (ހަޔެއް) ހަމަސްދުވަސްތެރޭގައި، ކައުންސިލަށް ހުށަހަޅައި، މިޤަވާޢިދާ އެއްގޮތަށް އެކަންކަން ބަދަލުކުރަންޖެހޭނެއެވެ."  އަދި 15 ވަނަ މާއްދާގެ (ހ) " މިޤަވާޢިދު ނަގަހައްޓައި ހިންގުމަށްޓަކައި، މިޤަވާޢިދަށް ޢަމަލު ކުރަން ފަށާ ތާރީޚުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އައްޑޫ ސިޓީ ކައުންސިލްގެ އިޚްތިޞާސްތެރޭގައި ހިމެނޭ ސަރަޙައްދުތަކާ ގުޅޭ ގޮތުން ހަދަން ޖެހޭ އުޞޫލުތައް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިން ހަދައި އެއުޞޫލުތައް ޢާއްމުކޮށް ޝާއިޢު ކުރަންވާނެއެވެ. " މިގޮތުގެ މަތިން އިސްލާޙްކޮށް، ފާސްކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ އަޙްމަދު ނާދިރު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ އަޙްމަދު ސަޢީދު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް

ފެންނަކަމަށް: 09 ވޯޓް

ވޯޓުގައި ބައިވެރިވި: 09 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2022/094

ތާރީޚް: 1 ޖޫން 2022