އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫގެ ބަނދަރުތައް ބެލެހެއްޓުމާ ޤަވާއިދު އަލުން ފާސްކުރުމަށް ހުށަހަޅާ މައްސަލަ.

1 ޖޫން 2022     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2022/095

ބޭއްވުނު ތާރީޚް:  01 ޖޫން 2022

ޖަލްސާ: 2022ވަނަ އަހަރުގެ 21 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 52 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

ލޯކަލް ގަވަރމެންޓް އޮތޯރިޓީއިން ފޮނުވާފައިވާ ބަނދަރު ބެލެހެއްޓުމާ ބެހޭ ޤަވާއިދުގެ ފޯމެޓާއި އެއްގޮތަށް އައްޑޫގެ ބަނދަރުތައް ބެލެހެއްޓުމާ ޤަވާއިދު އަލުން ފާސްކުރުމަށް ހުށަހަޅާ މައްސަލަ.

މައްސަލަ ހުށަހެޅި ފަރާތް: އާއްމު ކޮމެޓީ

ނިންމުން

މައްސަލަ ނިމުނުގޮތް:

              " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، " އައްޑޫގެ ބަނދަރުތައް ބެލެހެއްޓުމާބެހޭ ޤަވާޢިދު ގެ 31 ވަނަ މާއްދާ " މި ގަވާއިދު ތަންފީޛުކުރުމުގެ ގޮތުން އައްޑޫސިޓީ ކައުންސިލްގެ އިދާރާއިން ކަނޑައަޅާ ކަންކަން، އައްޑޫސިޓީ ކައުންސިލްގެ އިދާރާއިން އާންމުކޮށް އިޢުލާނުކުރުމާއެކު، އާންމުކޮށް ފެންނާނޭހެން ބަހައްޓަންވާނެއެވެ." މިގޮތުގެ މަތިން އިސްލާޙްކޮށް، ފާސްކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ އާމިނަތު ޞާލިޙާ

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ ޙުސައިން ޒަރީރު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް

ފެންނަކަމަށް: 09 ވޯޓް

ވޯޓުގައި ބައިވެރިވި: 09 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2022/095

ތާރީޚް: 1 ޖޫން 2022