އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މަރަދޫފޭދޫ ކޮމިއުނިޓީ ސެންޓަރުން 45,000 ރުފިޔާ ބަޖެޓް ކޯޑް 223014 އަށް އިތުރު ކޮށްދެއްވުމަށް އެދޭ މައްސަލަ

8 ޖޫން 2022     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2022/100

ބޭއްވުނު ތާރީޚް:  08 ޖޫން 2022

ޖަލްސާ: 2022ވަނަ އަހަރުގެ 22 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 53 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

މަރަދޫފޭދޫ ކޮމިއުނިޓީ ސެންޓަރުން އިންތިޒާމް ކޮށްގެން ބާއްވާ ކުޅިވަރު މުބާރާތްތަކާއި، އެކްޓިވިޓީތަކަށް ފަންޑު ގެ ގޮތުގައި 45,000 ރުފިޔާ  ބަޖެޓް ކޯޑް 223014 އަށް އިތުރު ކޮށްދެއްވުމަށް އެދޭ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް: މަރަދޫ ފޭދޫ އަވަށު އޮފީސް

ނިންމުން

މައްސަލަ ނިމުނުގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، " މަރަދޫފޭދޫ ކޮމިއުނިޓީ ސެންޓަރުން އިންތިޒާމް ކޮށްގެން ބޭއްވުނު ކުޅިވަރު މުބާރާތުގައި ޚަރަދުކުރެވިފައިވާ 45000/-  (ސާޅީސް ފަސްހާސް) ރުފިޔާ، ކައުންސިލްގެ ބަޖެޓްގެ J-LCL ފަންޑުގެ، ނަންބަރު 23792 (ޒުވާނުންގެ މަރުކަޒުތަކުން ހިންގާ ކުޅިވަރު މުބާރާތްތައް ބޭއްވުމަށް) ކޯޑުގެ ތެރެއިން ފައިސާ ދެއްކުމަށާއި، އަދި މިނިސްޓްރީ އޮފް ޔޫތު، އެންޑް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ޔޫތު ސެންޓަރުތަކަށް ފައިސާލިބުމުން، އައްޑޫ ސިޓީ ކައުންސިލް އިން ހަރަދުކުރެވުނު 45000/-  (ސާޅީސް ފަސްހާސް) ރުފިޔާ، އަނބުރާ ކައުންސިލަށް ޖަމާކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ އިބްރާހީމް ޝިނާޒް

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޝުޢާޢު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް

ފެންނަކަމަށް: 11 ވޯޓް

ވޯޓުގައި ބައިވެރިވި: 11 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2022/100

ތާރީޚް: 8 ޖޫން 2022