އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫ އިޖްތިމާޢީ މަރުކަޒު އެކްސްޓެންޝަން މަސައްކަތް ކުރިއަށް ގެންދިއުމާއި ގުޅޭ

16 ޖޫން 2022     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2022/107

ބޭއްވުނު ތާރީޚް:  16 ޖޫން 2022

ޖަލްސާ: 2022ވަނަ އަހަރުގެ 23 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 54 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

ހިތަދޫ އިޖްތިމާޢީ މަރުކަޒު އެކްސްޓެންޝަން މަސައްކަތް ކުރިއަށް ގެންދިއުމާއި ގުޅޭ

މައްސަލަ ހުށަހެޅި ފަރާތް: ހިތަދޫ އަވަށު އޮފީސް

ނިންމުން

މައްސަލަ ނިމުނުގޮތް:

   މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، " ހިތަދޫ އިޖްތިމާޢީ މަރުކަޒަކީ، ގިނަ ރައްޔިތުން މިހާރުވެސް ބޭނުން ކުރަމުންދާ ތަނަކަށްވެފައި، ތަނުގައި ޖާގައިގެ ދަތިތަކެއް ހުރުމުން ގިނަ ރައްޔިތުންނަށް ބޭނުންކުރެވޭގޮތަށް އިޖުތިމާޢީ މަރުކަޒު ފަރުމާކޮށް ޖާގައިގެ ދަތިކަމަށް އަވަސް ޙައްލެއް ބޭނުންވާތީ، ހިތަދޫ އިޖްތިމާޢި މަރުކަޒު އެކްސްޓެންޝަން މަސައްކަތް ވީ އެންމެ އަވަހަށް އިޢުލާން ކުރެވި ކައުންސިލް ގެ އާމްދަނީ J-LCL ފަންޑުގެ، ނަންބަރު (ހިތަދޫ ޔޫތު ސެންޓަރ މަރާމާތުކުރުން) 226002  ކޯޑުން މަސައްކަތް، މާލިއްޔަތު ޤަވާޢިދާއި އެއްގޮތަށް ޙަވާލުކޮށް މަސައްކަތް ކުރިއަށް ގެންދިއުމަށް ފާސްކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، ޙުސައިން ޒަރީރު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، އަޙްމަދު ސަޢީދު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 00 ވޯޓް

ފެންނަކަމަށް: 10 ވޯޓް

ވޯޓުގައި ބައިވެރިވި: 10 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2022/107

ތާރީޚް: 16 ޖޫން 2022