އައްޑޫސިޓީ ކައުންސިލްގެ އިދާރާ

18 ވަނަ ޓޫރިޒަމް ކޮމެޓީގެ ބައްދަލުވުމުން ދިރާސާކޮށް ނިންމަފައިވުމާއި ގުޅިގެން، ކައުންސިލުން ގޮތެއް ނިންމުމަށް

16 ޖޫން 2022     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2022/108

ބޭއްވުނު ތާރީޚް:  16 ޖޫން 2022

ޖަލްސާ: 2022ވަނަ އަހަރުގެ 23 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 54 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

ކައުންސިލްގެ 04 ވަނަ ދައުރުގެ 53 ވަނަ ބައްދަލުވުމުން ނިންމަވާފައިވާ ގޮތަށް، އައްޑޫސިޓީގެ ޓޫރިޒަމް ތަރައްޤީ ކުރުމަށް ޑެސްޓީނޭޝަން މެނޭޖްމަންޓް އޯގަނައިޒޭޝަނެއް އުފައްދައި އޮފީސް ޤާއިމު ކުރުމާއިމެދު، 14 ޖޫން 2022 ދުވަހު ބޭއްވުނު 18 ވަނަ ޓޫރިޒަމް ކޮމެޓީގެ ބައްދަލުވުމުން ދިރާސާކޮށް ނިންމަފައިވުމާއި ގުޅިގެން، ކައުންސިލުން ގޮތެއް ނިންމުމަށް

މައްސަލަ ހުށަހެޅި ފަރާތް: ޓޫރިޒަމް ކޮމިޓީ

ނިންމުން

މައްސަލަ ނިމުނުގޮތް:

       " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، " ޓޫރިޒަމާއި ގުޅުންހުރި ހަރަކާތްތައް ހިންގާ ފަރާތްތަކާއި ގުޅިގެން އައްޑޫސިޓީގެ ޓޫރިޒަމް ތަރައްޤީކޮށް ހިންގައި ފުޅާ ކުރުމަށާއި އަދި ޓޫރިޒަމް ސިނާއަތް ތަރައްޤީ ކުރުމަށްޓަކައި ދިރާސާ ކުރުމަށްޓަކައި، ޓޫރިޒަމް ދާއިރާގެ ކޮންސަލްޓަންސީ އާއި ސްޓޭކްހޯލްޑަރުންގެ ބައިވެރިވުން ހިމެނޭގޮތަށް އައްޑޫސިޓީގައި ޓޫރިޒަމް އެންޑް ޑެސްޓިނޭޝަން މެނޭޖްމަންޓް އޮފީހެއް ޤާއިމުކޮށް ކައުންސިލްގެ ޓޫރިޒަމް ކޮމެޓީގެ ދަށުން ހިންގުމަށާއި ޓޫރިޒަމް އެންޑް ޑެސްޓިނޭޝަން މެނޭޖްމަންޓް އޮފީސް ތައްޔާރުކޮށް ސެޓްއަފް ހެދުމަށްޓަކައި 100000 (އެއްލައްކަ) ރުފިޔާ ޚަރަދުކުރުމަށާއި މިޚަރަދު ކައުންސިލްގެ ޓްރަސްޓް ފަންޑުގެ ދަށުން ޚަރަދުކުރުމާއި އަދި ޑެސްޓިނޭޝަން ބްރޭންޑް ކުރުމާއި، ކޮންސަލްޓޭޝަންސް އަދި އެހެނިހެން ރިކަރަންޓް ޚަރަދުތައް ކައުންސިލަށް ހުށަހަޅައިގެން ނިންމުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޣްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، އާމިނަތު އަދާލާ ރަޝީދު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، އަޙްމަދު ސަޢީދު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 03   

ނުފެންނަކަމަށް: 01 ވޯޓް

ފެންނަކަމަށް: 07 ވޯޓް

ވޯޓުގައި ބައިވެރިވި: 08 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2022/108

ތާރީޚް: 16 ޖޫން 2022