އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މީދޫ މަތިކިޅި އިކޯގާރޑަން އަށް ވަނުމަށްޓަކައި ފީ އެއް ކަނޑައެޅުމާއި، ފީ ނަގާނެ ގޮތުގެ އުޞޫލް އެންޑޯޒް ކުރުން

16 ޖޫން 2022     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2022/110

ބޭއްވުނު ތާރީޚް:  16 ޖޫން 2022

ޖަލްސާ: 2022ވަނަ އަހަރުގެ 23 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 54 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

މީދޫ މަތިކިޅި އިކޯގާރޑަން އަށް ވަނުމަށްޓަކައި ފީ އެއް ކަނޑައެޅުމާއި، ފީ ނަގާނެ ގޮތުގެ އުޞޫލް އެންޑޯޒް ކުރުން

މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ އާމިނަތު ޞާލިޙާ

ނިންމުން

މައްސަލަ ނިމުނުގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، " މީދޫ މަތިކިޅި އިކޯގާރޑަން އަށް ވަނުމަށްޓަކައި ފީ އެއް ކަނޑައެޅުމާއި، ފީ ނަގާނެ ގޮތުގެ އުޞޫލް އިސްލާޙްކޮށް، މިއުޞޫލާއި ގުޅިގެން އިދާރީ ގޮތުން ހިނގާނެ ޚަރަދުތަކާއި އަދި މަސައްކަތް ކުރިއަށް ދާނެގޮތުގެ ތަފްސީލް އެކުލަވާލުމަށް، އިތުރަށް ދިރާސާކުރުމަށް އާއްމު ކޮމިޓިއަށް ފޮނުވުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، ޙުސައިން ޒަރީރު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، އާމިނަތު ސަލްމާ

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 00 ވޯޓް

ފެންނަކަމަށް: 11 ވޯޓް

ވޯޓުގައި ބައިވެރިވި: 10 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2022/110

ތާރީޚް: 16 ޖޫން 2022