އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ 15 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ މައްސަލަތަށް ކުރިއަށް ގެންދިއުމާމެދު ގޮތެއް ނިންމަވައި ދެއްވުން އެދި

29 ޖޫން 2022     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2022/114

ބޭއްވުނު ތާރީޚް:  29 ޖޫން 2022

ޖަލްސާ: 2022ވަނަ އަހަރުގެ 25 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 56 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 15 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ، ލަފާ ދީފައިވާ މައްސަލަތަށް، ކުރިއަށް ގެންދިއުމާމެދު ގޮތެއް ނިންމަވައި ދެއްވުން އެދި

މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީ

ނިންމުން

މައްސަލަ ނިމުނުގޮތް:

    މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، " ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ 15 ވަނަ ބައްދަލުވުމުގައި ހުށަހަޅާފައިވާ  މައްސަލަތަކަށް ، ކޮންމެ މައްސަލައެއް ވަކިން ވޯޓަށް ހުށަހެޅުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީ އިން ހުށަހަޅާފައިވާ މައްސަލަތައް

  1.  "ސ.ހިތަދޫ، ކަނަންދޫގެ އާމިނަތު ޒާހިރާ އާއި ދެމެދު ވެވިފައިވާ ނަމްބަރު:(AGR)138-LDS4/INDIV/2017/46  އެއްބަސްވުމުން ދޫކޮށްފައިވާ ކުލީ ބިމުގެ މުއްދަތު އިތުރުކުރުމާއިމެދު ގޮތެއް ނިންމުމަށް ހުށަހެޅިފައިވާ މައްސަލައާއި ގުޅިގެން ކޮމިޓީ އިން ނިންމާފައިވާ ނިންމުން ފާސްކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
  2. ބޮނިޓޯ ގްރޫޕް ޕްރައިވެޓް ލިމިޓެޑް އާއި ދެމެދު ވެވިފައިވާ ނަންބަރު (AGR)426-AB/PRIV/2020/44 އެއްބަސްވުމުން ދޫކޮށްފައިވާ ކުލީ ބިމުގެ މުއްދަތު އިތުރުކުރުމާއިމެދު ގޮތެއް ނިންމުމަށް ހުށަހެޅިފައިވާ މައްސަލައާއި ގުޅިގެން ކޮމިޓީ އިން ނިންމާފައިވާ ނިންމުން ފާސްކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
  3. ބޮނިޓޯ ގްރޫޕް ޕްރައިވެޓް ލިމިޓެޑް އާއި ދެމެދު ވެވިފައިވާ ނަންބަރު (AGR)426-AB/PRIV/2020/46 އެއްބަސްވުމުން ދޫކޮށްފައިވާ ކުލީ ބިމުގެ މުއްދަތު އިތުރުކުރުމާއިމެދު ގޮތެއް ނިންމުމަށް ހުށަހެޅިފައިވާ މައްސަލައާއި ގުޅިގެން ކޮމިޓީ އިން ނިންމާފައިވާ ނިންމުން ފާސްކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.
  4.  ބޮނިޓޯ ގްރޫޕް ޕްރައިވެޓް ލިމިޓެޑް އާއި ދެމެދު ވެވިފައިވާ ނަންބަރު (AGR)426-AB/PRIV/2020/46 އެއްބަސްވުމުން ދޫކޮށްފައިވާ ކުލީ ބިމުގެ މުއްދަތު އިތުރުކުރުމާއިމެދު ގޮތެއް ނިންމުމަށް ހުށަހެޅިފައިވާ މައްސަލައާއި ގުޅިގެން ކޮމިޓީ އިން ނިންމާފައިވާ ނިންމުން ފާސްކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
  5.  "ސ.ހިތަދޫ، ނާޒް ޙައްވާ ޢިބްރާހީމްދީދީ އާއި ދެމެދު ވެވިފައިވާ ނަންބަރު (AGR)426-AB/INDIV/2021/194 އެއްބަސްވުމުން ދޫކޮށްފައިވާ ކުލީ ބިމުގެ މުއްދަތު އިތުރުކުރުމާއިމެދު ގޮތެއް ނިންމުމަށް ހުށަހެޅިފައިވާ މައްސަލައާއި ގުޅިގެން ކޮމިޓީ އިން ނިންމާފައިވާ ނިންމުން ފާސްކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
  6.  ސ.ހިތަދޫ، ބްލޫވިލާ މުޙައްމަދު ސާލިސް އާއި  ދެމެދުވެފައިވާ ނަންބަރު: 426-EA/S2/2014/63 އެއްބަސްވުމުގެ ދަށުން ދޫކޮށްފައިވާ ކުލީ ބިމުގައިވާ އިންވެސްޓްމެންޓް ވިއްކާލުމުގެ ހުއްދަ ދިނުމާއިމެދު ގޮތެއް ކަނޑައެޅުމަށް ހުށަހެޅިފައިވާ މައްސަލައާއި ގުޅިގެން ކޮމިޓީ އިން ނިންމާފައިވާ ނިންމުން ފާސްކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
  7. މާލެ، ގ.ތަލްވާރުގެ ޢަބްދުﷲ މަޖީދު އަށް ކުޑަކުދިންގެ ޕާކްގައި ހަދާފައިހުރި ހަޓު ކުއްޔަށް ދޫކުރުމަށް ވެވިފައިވާ ނަންބަރު 426-PD/2012/55  އެއްބަސްވުމާއި އެއްގޮތަށް އަމަލުނުކުރާތީވެ ދެވުނު 30 ދުވަހުގެ ނޯޓިސްގެ މުއްދަތު 8 ޖޫން 2022 އަށް ހަމަވެފައިވާތީވެ މައްސަލަ ކުރިއަށް ގެންދާނެ ގޮތެއް ނިންމުމަށް ހުށަހެޅިފައިވާ މައްސަލައާއި ގުޅިގެން ކޮމިޓީ އިން ނިންމާފައިވާ ނިންމުން ފާސްކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޝުއާއު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ޙުސައިން ފައިޒުއްރަޙްމާން

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް

ފެންނަކަމަށް: 12 ވޯޓް

ވޯޓުގައި ބައިވެރިވި: 12 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2022/114

ތާރީޚް: 29 ޖޫން 2022