ކައުންސިލްގެ ނިންމުން
ނިންމުން ނަންބަރު: 426-B (4)/2022/116 |
|
ބޭއްވުނު ތާރީޚް: 29 ޖޫން 2022 |
ޖަލްސާ: 2022ވަނަ އަހަރުގެ 25 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 56 ވަނަ ޖަލްސާ) |
މައްސަލަ |
||||
ހުށަހެޅުނު މައްސަލަ: އައްޑޫސިޓީގައި ގާއިމުކުރެވިފައިވާ "ޙާފިޡުން އިމްތިހާނުކުރާ ކޮމެޓީ" އަށް ދަސްކިޔާ ނިމޭ ކޮންމެ ދަރިވަރަކަށް ހިތްވަރުދިނުމުގެ ގޮތުން ފައިސާގެ އިނާމެއް ކަނޑައެޅުމަށް |
||||
މައްސަލަ ހުށަހެޅި ފަރާތް: ސޯޝަލް ސާރވިސް ޔުނިޓް |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް: މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، " އައްޑޫސިޓީގައި ޙިފްޡު އިމްތިހާނު ފުރިހަމަކޮށް ފާސްވާ ކޮންމެފަރާތަކަށް އެކަމުގެ އަގު ވަޒަންކުރުމުގެގޮތުން ފައިސާގެ އިނާމަކާއެކު ހަނދާނީ ފިލާއެއް އައްޑޫސިޓީ ކައުންސިލްގެ ނަމުގައި ދިނުމަށް ފެންނަކަމަށާއި ކީރިތި ޤުރުއާން ހިތުދަސްކޮށް އައްޑޫސިޓީގައި ކިޔާދީފައިވާ ދަރިވަރުންގެ ތެރެއިން، 1 ވަނަދަރަޖާގައި ފާސްވާ ކޮންމެ ދަރިވަރަކަށް -/2000 (ދެހާސް) ރުފިޔާގެ ފައިސާގެ އިނާމަކާއެކު ހަނދާނީފިލާއެއް ދިނުމަށާއި އަދި 2 ވަނަ ދަރަޖާގައި ފާސްވާ ކޮންމެދަރިވަރަކަށް -/1500 (އެއްހާސްފައްސަތޭކަ) ރުފިޔާގެ ފައިސާގެ އިނާމަކާއެކު ހަނދާނީ ފިލާއެއް ދިނުމަށް ކައުންސިލްގެ ބަޖެޓްގެ J-LCL ފަންޑުގެ، ނަންބަރު 228999 (ކައުންސިލް އިން ސްކޫލްތަކަށް އިނާމް ހުށައެޅުމަށް) ކޯޑުގެ ތެރެއިން ޤަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން ހަރަދުކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
||||
ތާއީދު ކުރެއްވި: ކައުންސިލަރ، އާމިނަތު ސަލްމާ |
ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޝުއާއު |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ: 01 |
ނުފެންނަކަމަށް: 01 ވޯޓް |
ފެންނަކަމަށް: 10 ވޯޓް |
ވޯޓުގައި ބައިވެރިވި: 11 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
އައްޑޫސިޓީގައި ގާއިމުކުރެވިފައިވާ ޙާފިޡުންގެ ދަސްކިޔާ ނިމޭ ކޮންމެ ދަރިވަރަކަށް ހިތްވަރުދިނުމުގެ ގޮތުން ފައިސާގެ އިނާމެއް ކަނޑައެޅުމަށް