އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކޮންޓްރެކްޓް އުޞޫލުން ސަރވެޔަރަކު ނެގުމަށް

29 ޖޫން 2022     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2022/118

ބޭއްވުނު ތާރީޚް:  29 ޖޫން 2022

ޖަލްސާ: 2022ވަނަ އަހަރުގެ 25 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 56 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

ކޮންޓްރެކްޓް އުޞޫލުން ސަރވެޔަރަކު ނެގުމަށް

މައްސަލަ ހުށަހެޅި ފަރާތް: އެޗް.އާރު ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

   މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، " އައްޑޫ ލޭންޑް ޔޫޒް ޕްލޭނުގެ މަސައްކަތަކީ ވަކި މުއްދަތެއްގެ ތެރޭގައި ނިންމަންޖެހޭ މަސައްކަތަކަށްވެފައި މިހާރަށްވުރެ އަވަހަށް މި މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށާއި އަދި މި މަސައްކަތް ކުރުމަށް ޓެކްނިކަލް މުވައްޒަފެއް ބޭނުންވެފައި މިއިދާރާގެ މުވައްޒަފުންގެ ތެރެއިން މި މަސައްކަތް ކުރެވޭނެ މުވައްޒަފެއް ނެތުމުގެ ސަބަބުން މަސައްކަތް ނިންމަންޖެހޭ އަވަސް މިނުގައި ނުކުރެވޭތީ، އައްޑޫ ލޭންޑް ޔޫޒް ޕްލޭނުގެ މަސައްކަތް ކުރުމަށްޓަކައި ތިރީގައި ބަޔާންކުރެވިފައިވާ ޝަރުތާއި އަދި އުޖޫރައާ އެއްގޮތްވާ ގޮތުގެ މަތިން ވޭޖް އުޞޫލުން 10 ދުވަހަށް ސަރވެޔަރ މަޤާމަށް މުވައްޒަފަކު ނެގުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

މަޤާމުގެ ޝަރުތު:

ބިލްޑިންގ ކޮންސްޓްރަކްޝަން ގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން

އުޖޫރަ:

މަސައްކަތް ކުރާ ކޮންމެ ގަޑިއިރަކަށް -/62.50 ރުފިޔާ

 ތާއީދު ކުރެއްވި: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޝުއާއު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ޙުސައިން ފައިޒުއްރަޙްމާން

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް

ފެންނަކަމަށް: 12 ވޯޓް

ވޯޓުގައި ބައިވެރިވި: 12 ވޯޓް


ނިންމުން ޑައުންލޯޑް ކުރެއްވުމަށް

ކޮންޓްރެކްޓް އުޞޫލުން ސަރވެޔަރަކު ނެގުމަށް


ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2022/118

ތާރީޚް: 29 ޖޫން 2022