އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޕޮލިސް އިން ހޯދާފައިވާ ޕަބްލިކް ވޯކްސް ސާރވިސަސް ހުޅުމީދޫ ސައިޓްގެ ކޮންޓެއިނަރ އަނބުރާ ހޯދުމަށް އެދި

29 ޖޫން 2022     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2022/120

ބޭއްވުނު ތާރީޚް:  29 ޖޫން 2022

ޖަލްސާ: 2022ވަނަ އަހަރުގެ 25 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 56 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

2021 ވަނަ އަހަރު ސ. ހުޅުމީދޫ އެމް.ޓީ.ސީ.ސީ ސައިޓް އިން ކޮވިޑް 19 ގެ ޕޮސިޓިވް ކޭސްތަކެއް ފެނުމާއި ގުޅިގެން އެމް.ޓީ.ސީ.ސީ ސައިޓް އަދި ބަނދަރު މޮނިޓަރ ކުރުމަށް ޕޮލިސް ޕޯސްޓެއް ޤާއިމްކުރުމަށް ހުޅުމީދޫ ޕޮލިސް އިން ހޯދާފައިވާ ޕަބްލިކް ވޯކްސް ސާރވިސަސް ހުޅުމީދޫ ސައިޓްގެ ކޮންޓެއިނަރ އަނބުރާ ހޯދުމަށް އެދި

މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ، ޙުސައިން ފައިޒުއްރަޙްމާން

ނިންމުން

މައްސަލަ ނިމުނުގޮތް:

   މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، " 2021 ވަނަ އަހަރު ކޮވިޑް19 އާއި ގުޅިގެން އައްޑޫސިޓީ ހުޅުމީދޫ އެމް.ޓީ.ސީ.ސީ ސައިޓް އަދި ބަނދަރު މޮނިޓަރ ކުރުމަށް ޕޮލިސް ޕޯސްޓެއް ޤާއިމްކުރުމަށްޓަކައި ހުޅުމީދޫ ޕޮލިހުން ހޯދާފައިވާ ޕަބްލިކް ވޯކްސް ސާރވިސަސް ހުޅުމީދޫ ސައިޓްގެ ކޮންޓެއިނަރ، ހުޅުމީދޫ ޕޮލިހުން މޮނިޓަރ ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ނުދާތީ ހުޅުދޫ އަވަށު އޮފީހުގެ ބޭނުމަށް ކޮންޓެއިނާރ، ހުޅުދޫ އަވަށު އޮފީހާއި ހަވާލުކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، އިބްރާހީމް ޝިނާޒް

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ޙުސައިން ފައިޒުއްރަޙްމާން

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 02   

ނުފެންނަކަމަށް: 04 ވޯޓް

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 10 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2022/120

ތާރީޚް: 29 ޖޫން 2022