އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ފޭދޫގެ ފާހި ސްޕޯޓްސް އާ ގުޅިގެން ފުޓްބޯޅަމުބާރާތެއްގެ ގޮތުގައި ކުރިއަށް ގެންދެވުމަށް ކައުންސިލުން ފާސްކޮށްދެއްވުން

6 ޖުލައި 2022     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2022/122

ބޭއްވުނު ތާރީޚް:  06 ޖުލައި 2022

ޖަލްސާ: 2022ވަނަ އަހަރުގެ 26 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 57 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

ފޭދޫގެ ބަޖެޓް އެކްޓިވިޓީ ގައި ހިމެނޭ ފުޓްސަލް ޓޯނަމަންޓް  ފޭދޫގެ ފާހި ސްޕޯޓްސް އާ ގުޅިގެން ފުޓްބޯޅަމުބާރާތެއްގެ ގޮތުގައި ކުރިއަށް ގެންދެވުމަށް ކައުންސިލުން ފާސްކޮށްދެއްވުން

މައްސަލަ ހުށަހެޅި ފަރާތް: ފޭދޫ އަވަށު އޮފީސް

ނިންމުން

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، " ފޭދޫގެ ކުޅިވަރު އެކްޓިވިޓީ ގައި ހިމެނޭ  ފުޓްސަލް ޓޯނަމެންޓް,  ފޭދޫ އަވަށު އޮފީހާއި ފާހި ސްޕޯޓްސް އާ ގުޅިގެން ފުޓްބޯޅަ މުބާރާތެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ފެންނަކަމަށާއި މިމުބަރާތް ކުރިއަށް ގެންދިއުމަށް ހިނގާ ޙަރަދު ކައުންސިލްގެ ބަޖެޓްގެ J-LCL ފަންޑުގެ، ނަންބަރު 223014 (އިޖްތިމާޢީ ތަރައްޤީގެ އެކިއެކި ޕްރޮގްރާމްތައް ހިންގުމުގެ ޚަރަދު) ކޯޑުގެ ތެރެއިން ޤަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން ހަރަދުކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޣްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، އާމިނަތު ސަލްމާ

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، މުޙައްމަދު ފައިޞަލް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 01 ވޯޓް

ފެންނަކަމަށް: 08 ވޯޓް

ވޯޓުގައި ބައިވެރިވި: 09 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2022/122

ތާރީޚް: 6 ޖުލައި 2022