އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީގެ ބަނދަރުތަކުން ފީނެގުމާބެހެ އުސޫލު އަލުން ފާސްކުރުމާ ގުޅޭ މައްސަލަ

6 ޖުލައި 2022     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2022/123

ބޭއްވުނު ތާރީޚް:  06 ޖުލައި 2022

ޖަލްސާ: 2022ވަނަ އަހަރުގެ 26 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 57 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫ ސިޓީގެ ބަނދަރުތަކުން ފީނެގުމާބެހެ އުސޫލު އަލުން ފާސްކުރުމާ ގުޅޭ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް: އާއްމު ކޮމިޓީ

ނިންމުން

މައްސަލަ ނިމުނުގޮތް:

   މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، " ބަނދަރަށް ކައިރިކުރާ އުޅަނދުތަކުން އެންޓްރީ ފީގެ ގޮތުގައި -/50 (ފަންސާސް) ރުފިޔާ ނެގުމަށާއި އަދި އެންޓްރީ ފީ، އައްޑޫގެ ކޮންމެ ބަނދަރަކަށް ވެލިޑިޓީއެއްގެ ގޮތުގައި 06 (ހައެއް) ދުވަސް ކަނޑައެޅުމަށް، އައްޑޫ ސިޓީގެ ބަނދަރުތަކުން ފީނެގުމާބެހޭ އުޞޫލްގެ 05 ވަނަ މާއްދާގެ (ށ)  އިސްލާޙްކުރުމަށް ފެންނަކަމަށް  " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، އާމިނަތު ސަލްމާ

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، އާމިނަތު ސާލިހާ

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 02   

ނުފެންނަކަމަށް: 00 ވޯޓް

ފެންނަކަމަށް: 07 ވޯޓް

ވޯޓުގައި ބައިވެރިވި: 07 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2022/123

ތާރީޚް: 6 ޖުލައި 2022