އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހާބަރ އިންސްޕެކްޓަރުންނާއި މުނިސިޕަލް އިންސްޕެކްޓަރުންގެ އެލަވަންސްތަކާއި އިތުރުގަޑި އެއްގޮތް ކުރުމާމެދު ގޮތެއް ނިންމަވައި ދެއްވުން އެދި

6 ޖުލައި 2022     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2022/125

ބޭއްވުނު ތާރީޚް:  06 ޖުލައި 2022

ޖަލްސާ: 2022ވަނަ އަހަރުގެ 26 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 57 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

ހާބަރ އިންސްޕެކްޓަރުންނާއި މުނިސިޕަލް އިންސްޕެކްޓަރުންގެ އެލަވަންސްތަކާއި އިތުރުގަޑި އެއްގޮތް ކުރުމާމެދު ގޮތެއް ނިންމަވައި ދެއްވުން އެދި

މައްސަލަ ހުށަހެޅި ފަރާތް: އެޗް.އާރު ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

   މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، " ހާބަރ އިންސްޕެކްޓަރުންނާއި މުނިސިޕަލް އިންސްޕެކްޓަރުންނަކީ ވަޒީފާއާއި ބެހޭ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގެ (4) ގައި ވާގޮތުގެ މަތިން އޮންކޯލް ޑިއުޓީގައި ތިބޭ ވަގުތުތަކުގައި ، އޮންކޯލް ޑިއުޓީގައި ތިބޭ މީހުންގެ ތެރޭގައި ހިމެނޭ މުވައްޒަފުންނަށްވެފައި ، މުސާރައިގެ 70%  (ހަތްދިހަ އިންސައްތަ) އިތުރުގަޑިއަށް އިތުރުނުވާ ގޮތަށް އަދި އެހެނިހެން ހުރިހާ އެލަވަންސް ހިމެނޭ ގޮތަށް ހާބަރ އިންސްޕެކްޓަރުންނާއި މުނިސިޕަލް އިންސްޕެކްޓަރުން ހަމަހަމަވާ އުޞޫލުން މުސާރަ ކަނޑައެޅުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢުލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، އާމިނަތު އަދާލާ ރަޝީދު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ޚާލިދާ މުޙައްމަދު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 01 ވޯޓް

ފެންނަކަމަށް: 08 ވޯޓް

ވޯޓުގައި ބައިވެރިވި: 09 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2022/125

ތާރީޚް: 6 ޖުލައި 2022