އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މިނިވަންކަޕް ޔޫތްޗެލެންޖް އަށް ސްޕޮންސަރ ހޯދުމަށް އެދިފައިވާތީ ހުށަހަޅާ މައްސަލަ.

20 ޖުލައި 2022     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2022/128

ބޭއްވުނު ތާރީޚް:  20 ޖުލައި 2022

ޖަލްސާ: 2022ވަނަ އަހަރުގެ 27 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 58 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

މިނިވަންކަޕް ޔޫތްޗެލެންޖްގެ ނަމުގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާތީ މުބާރާތް އިންތިޒާމްކޮށް ހިންގާ ހެލްޕިން ސޯޝަލް ކެއަރގެ ފަރާތުން ސްޕޮންސަރ ހޯދުމަށް އެދިފައިވާތީ ހުށަހަޅާ މައްސަލަ.

މައްސަލަ ހުށަހެޅި ފަރާތް: ފޭދޫ އަވަށު އޮފީސް

ނިންމުން

މައްސަލަ ނިމުނުގޮތް:

   މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، " ހުޅުދޫގެ އިތުރުން މުޅި އައްޑޫ ސިޓީގެ 23 އަހަރުން ދަށުގެ ޒުވާނުންނަށް ހުޅުވާލެވިގެން ހިންގޭ މުބާރާތަކަށް ވާތީ ، 20000 (ވިހިހާސް) ރުފިޔާގެ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފެންނަކަމަށާއި އަދި މިފައިސާ ޚަރަދުކުރުމުގައި، ހުޅުދޫ ޔޫތް ސެންޓަރގެ ބަޖެޓް 223014 ކޯޑު ތެރެއިން ހަމަޖެއްސުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، މުޙައްމަދު ފައިޞަލް

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ޙުސައިން ފައިޒުއްރަޙްމާން

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2022/128

ތާރީޚް: 20 ޖުލައި 2022