އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޓޫރިޒަމް ޒޯންތަކުން ބިން ކުއްޔަށްދޫކުރުމަށް ބިޑް ކޮމިޓީން ނިންމެވި ނިންމުމާމެދު ކައުންސިލުން ގޮތެއް ނިންމަވައިދެއްވުން

3 އޯގަސްޓް 2022     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2022/133

ބޭއްވުނު ތާރީޚް:  03 އޮގަސްޓް 2022

ޖަލްސާ: 2022ވަނަ އަހަރުގެ 28 ވަނަ ރަސްމީ ޖަލްސާ (4 ވަނަ ކައުންސިލްގެ 59 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫ ސިޓީގެ ޓޫރިޒަމް ޒޯންތަކުން ގެސްޓް ހައުސް އަދި ސިޓީ ހޮޓާ ތަރައްޤީކޮށް ހިންގުމަށް ބިން ކުއްޔަށްދޫކުރުމަށް ކުރެވުނު އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ބިޑުތައް އިވެލުއޭޓްކުރުމަށްފަހު ޓޫރިޒަމް ބިންތައް އިވެލުއޭޓް ކުރުމަށް އެކުލަވާލެވުނު ކޮމިޓީން ނިންމެވި ނިންމުމާމެދު ކައުންސިލުން ގޮތެއް ނިންމަވައިދެއްވުން

މައްސަލަ ހުށަހެޅި ފަރާތް: ޕްލޭނިންގ ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

  " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، " ޕްލޭނިންގް ސެކްޝަނުން ހުށަހަޅާފައިވާ ގޮތަށް އިވެލުއޭޝަން ކޮމިޓީއިން ނިންމަވާފައިވާ ފަދައިން އިވެލުއޭޝަން މަރުހަލާއިން ބިޑް ކާމިޔާބު ކޮށްފައިވާ ފަރާތްތަކަށް ބިން ކުއްޔަށް ދިނުމަށް ފެންނަކަމަށާއި އެފަރާތްތަކާއެކު އެގްރިމެންޓްކޮށް ބިން ހަވާލުކުރުމަށް ފާސްކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، ޙުސައިން ފައިޒުއްރަޚްމާނު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، އިބްރާހީމް ޝިނާޒް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 03   

ނުފެންނަކަމަށް: 00 ވޯޓް

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2022/133

ތާރީޚް: 3 އޯގަސްޓް 2022