އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އަވަށު އޮފީސްތަކުގައި ސޯލާ ޕެނަލް ހަރުކުރުމަށް ހިނގާނެ ކަމަށް ލަފާކުރެވޭ ޚަރަދު ހަމަޖެއްސުން

16 އޯގަސްޓް 2022     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2022/140

ބޭއްވުނު ތާރީޚް: 10 އެޕްރީލް 2022

ޖަލްސާ: 2022ވަނަ އަހަރުގެ 03 ވަނަ ކުއްލި ޖަލްސާ (4ވަނަ ކައުންސިލްގެ 08 ކުއްލި ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

އަވަށު އޮފީސްތަކުގައި ސޯލާ ޕެނަލް ހަރުކުރުމަށް ހިނގާނެ ކަމަށް ލަފާކުރެވޭ ޚަރަދު ހަމަޖެއްސުން

މައްސަލަ ހުށަހެޅި ފަރާތް: ޕްލޭނިންގ ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

     " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު،  އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ އަދި އަވަށު އޮފީސްތަކުގައި ސޯލާ ޕެނަލް ހަރުކުރުމަށް މީގެ ކުރިން ކައުންސިލް އިން ނަގަން ނިންމާފައިވާ 3.5 މިލިއަން ރުފިޔާގެ އިތުރަށް 1.4 މިލިއަން ރުފިޔާ ނެގުމަށާއި، ޖުމްލަ 4.5 މިލިއަން ރުފިޔާގެ  ލޯނު، ޑިސްބާސްވާ ތާރީޚުން ފެށިގެން 03 މަސްދުވަހުގެ ގްރޭސް ޕީރިއަޑްއަކާ އެކީ 06 އަހަރު ދުވަހުގެ ތެރޭގައި ލޯނު އަނބުރާ ދައްކައި ޚަލާސްކުރުމަށް  ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، ޙުސައިން ޒަރީރު

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޝުއާއު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 00 ވޯޓް

ފެންނަކަމަށް: 10 ވޯޓް

ވޯޓުގައި ބައިވެރިވި: 10 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2022/140

ތާރީޚް: 16 އޯގަސްޓް 2022