އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކޮންޓްރެކްޓް މަޤާމުތަކަށް މުވައްޒަފުން އައްޔަންކުރުމުގައި މިހާރު ބޭނުންކުރެވެމުންދާ ކްރައިޓީރިއާތައް ބަދަލުކުރުމަށް

24 އޯގަސްޓް 2022     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2022/145

ބޭއްވުނު ތާރީޚް:  24 އޮގަސްޓް 2022

ޖަލްސާ: 2022ވަނަ އަހަރުގެ 30 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 61 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

ކޮންޓްރެކްޓް މަޤާމުތަކަށް މުވައްޒަފުން އައްޔަންކުރުމުގައި މިހާރު ބޭނުންކުރެވެމުންދާ ކްރައިޓީރިއާތައް ބަދަލުކުރުމަށް

މައްސަލަ ހުށަހެޅި ފަރާތް: އެޗް.އާރު ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

  " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، " ކޮންޓްރެކްޓް މަޤާމުތަކުގެ ތެރެއިން އެއް ރޭންކެއްގެ ތަފާތު މަޤާމުތަކަށް ތަފާތު ކްރައިޓީރިއާތައް ބޭނުންކުރެވެމުންދާތީ އާއި ކުރިން ކައުންސިލުން ނިންމަވަފާއިވާ ބައެއް މަޤާމުތަކުގެ ޝަރުތު މިހާރު އިޞްލާހުކުރެވުމާއި ގުޅިގެން މަޤާމަށް މީހުން އައްޔަންކުރުމުގައި ކައުންސިލުން ކަނޑައެޅިފައިވާ ކްރައިޓީރިއާ އިން، މަޤާމަށް މީހަކު ހޮވުމަށް ލިބެންޖެހޭ އެންމެ ދަށް އިންސައްތަވެސް ނުލިބޭތީ، ތިރީގައި މިދަންނަވާ ގޮތަށް ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިތަކާއި އޭ2 ޝީޓް ބަދަލުކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

އެސް.އެސް 1 އިން އެސް.އެސް 3 އާ ދެމެދުގެ ކްރައިޓީރިއާ

އަސާސީ ޝަރުތުހަމަވުން

50

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އިންޓަރވިއު

40

ނޯޓް: މަޤާމަށް އައްޔަންކުރުމަށް ވަޒީފާއަށް އެދިފައިވާ ފަރާތަށް A2 ޝީޓުން މުޅިއެކު ޖުމުލަ 70 ނުވަތަ އެއަށް ވުރެ މަތިން ޕޮއިންޓު ލިބެންވާނެއެވެ.

 

ޖީ.އެސް އިން ފެށިގެން މަތީ މަޤާމުތަކުގެ ކްރައިޓީރިއާ

އަސާސީ ޝަރުތުހަމަވުން

40

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އިންޓަރވިއު

50

ނޯޓް: މަޤާމަށް އައްޔަންކުރުމަށް ވަޒީފާއަށް އެދިފައިވާ ފަރާތަށް A2 ޝީޓުން މުޅިއެކު ޖުމުލަ 60 ނުވަތަ އެއަށް ވުރެ މަތިން ޕޮއިންޓު ލިބެންވާނެއެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، އަޙްމަދު ސަޢީދު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، އިބްރާހީމް ޝިނާޒު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް

ފެންނަކަމަށް: 09 ވޯޓް

ވޯޓުގައި ބައިވެރިވި: 09 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2022/145

ތާރީޚް: 24 އޯގަސްޓް 2022