އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ސ.ފޭދޫ އަވަށުގެ ލިންކް ރޯޑުގައި ހުރި ބިންތަކުގެ ތެރެއިން ހުސްޖާގަ އޮތް ތަންތަން ކުއްޔަށް ދޫކުރުމަށް

7 ސެޕްޓެމްބަރ 2022     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2022/154

ބޭއްވުނު ތާރީޚް: 07 ސެޕްޓެމްބަރ 2022

ޖަލްސާ: 2022ވަނަ އަހަރުގެ 32 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 63 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:

ސ.ފޭދޫ އަވަށުގެ ލިންކް ރޯޑުގައި ހުރި ބިންތަކުގެ ތެރެއިން ހުސްޖާގަ އޮތް ތަންތަން ކުއްޔަށް ދޫކުރުމަށް

މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ މުޙައްމަދު ފައިސަލް

ނިންމުން

މައްސަލަ ނިމުނުގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، " މައްސަލަ އިތުރަށް ދިރާސާކުރުމަށާއި އަދި ލިންކް ރޯޑުގައި ހުރި ބިންތަކުގެ ތެރެއިން ހުސްޖާގަ އޮތް ތަންތަން ކުއްޔަށް ދޫކުރުމަށް އުޞޫލެއް ހެދުމަށް އާއްމު ކޮމިޓީއަށް ފޮނުވުމަށް ފެންނަކަމަށް  " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، އާމިނަތު އަދާލާ ރަޝީދު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ޙުސައިން ފައިޒުއްރަޙްމާން

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 03

ނުފެންނަކަމަށް: 02 ވޯޓް

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 08 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2022/154

ތާރީޚް: 7 ސެޕްޓެމްބަރ 2022