އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 19 ވަނަ ބައްދަލުވުމުގައި މައްސަލަތައް، ކުރިއަށް ގެންދިއުމާމެދު ގޮތެއް ނިންމަވައި ދެއްވުން އެދި

21 ސެޕްޓެމްބަރ 2022     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2022/158

ބޭއްވުނު ތާރީޚް: 21 ސެޕްޓެމްބަރ 2022

ޖަލްސާ: 2022ވަނަ އަހަރުގެ 34 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 65 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:

ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 19 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ، ލަފާ ދީފައިވާ މައްސަލަތައް ކުރިއަށް ގެންދިއުމާމެދު ގޮތެއް ނިންމަވައި ދެއްވުން އެދި

މައްސަލަ ހުށަހެޅި ފަރާތް:   ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީ

ނިންމުން

މައްސަލަ ނިމުނުގޮތް:

    " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، " ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ 19 ވަނަ ބައްދަލުވުމުގައި ހުށަހަޅާފައިވާ  މައްސަލަތަކަށް ، ކޮންމެ މައްސަލައެއް ވަކިން ވޯޓަށް ހުށަހެޅުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި: ކައުންސިލަރ، އަޙްމަދު ސަޢީދު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ޙުސައިން ފައިޒުއްރަޙްމާން

ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީ އިން ހުށަހަޅާފައިވާ މައްސަލަތައް

  1.   ލިލީމާގެ/ ސ.މަރަދޫފޭދޫ މުޖްތަބާ ޒާހިރު އާއި ދެމެދު ވެވިފައިވާ ނަންބަރު 426-EA/S5/2014/39 އެއްބަސްވުމުގެ ދަށުން ދޫކޮށްފައިވާ ކުލީ ބިން ދޫކޮށްލުމަށް އެދި މުޖްތަބާ ޒާހިރު އެދިފައިވާ މައްސަލައިގެ ނިންމުން ފާސްކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 12 ވޯޓު

ފެންނަކަމަށް: 12 ވޯޓް

ނުފެންނަކަމަށް: 00 ވޯޓް

ބައިވެރިވެވަޑައިނުގަންނަވާ: 00

 
  1. ޝަބާހީމަންޒިލް /ސ.މަރަދޫ ނަދާ ރަޝީދު އާއި ދެމެދު ވެވިފައިވާ ނަމްބަރު: 426-EA/S5/2014/38އެއްބަސްވުމުން ދޫކޮށްފައިވާ ކުލީ ބިން ދޫކޮށްލުމަށް އެދި ނަދާ ރަޝީދު އެދިފައިވާ މައްސަލައިގެ ނިންމުން ފާސްކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 11 ވޯޓު

ފެންނަކަމަށް: 11 ވޯޓް

ނުފެންނަކަމަށް: 00 ވޯޓް

ބައިވެރިވެވަޑައިނުގަންނަވާ: 01

 
  1. ނޫމަސް / ސ.މަރަދޫފޭދޫ މުޙައްމަދު ޖަމީލު އާއި ދެމެދު ވެވިފައިވާ ނަމްބަރު: 426-EA/S5/2014/42 އެއްބަސްވުމުން ދޫކޮށްފައިވާ ކުލީ ބިން ދޫކޮށްލުމަށް އެދި މުޙައްމަދު ޖަމީލު އެދިފައިވާ މައްސަލައިގެ ނިންމުން ފާސްކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 11 ވޯޓު

ފެންނަކަމަށް: 11 ވޯޓް

ނުފެންނަކަމަށް: 00 ވޯޓް

ބައިވެރިވެވަޑައިނުގަންނަވާ: 01

 
  1. އާޒާދީގެ /ސ.ހިތަދޫ ޢަބްދުﷲ ޞާލިޙު އާއި ދެމެދު ވެވިފައިވާ ނަމްބަރު: 426-EA/S2/2014/23  އެއްބަސްވުމުން ދޫކޮށްފައިވާ ކުލީ ބިމުގެ މުއްދަތު އިތުރުކުރުމާއިގުޅޭގޮތުން އެފަރާތުން 04 ސެޕްޓެމްބަރ 2022 ގައި ފޮނުވާފައިވާ ސިޓީއާއި ގުޅިގެން ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ލަފަޔަށް އެދިފައިވާ މައްސަލައިގެ ނިންމުން ފާސްކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 11 ވޯޓު

ފެންނަކަމަށް: 11 ވޯޓް

ނުފެންނަކަމަށް: 00 ވޯޓް

ބައިވެރިވެވަޑައިނުގަންނަވާ: 01




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2022/158

ތާރީޚް: 21 ސެޕްޓެމްބަރ 2022