އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޑިސްކައުންޓް ސްކީމެއްގެ ދަށުން އެސް.ޓީ.އޯ އިން ތަކެތި ގަނެވޭގޮތް ހެދުމަށްޓަކައި އެސް.ޓީ.އޯ އާއިއެކު އެމް.އޯ.ޔޫގައި ސޮއިކުރުމާއިމެދު ގޮތެއް ނިންމުން

21 ސެޕްޓެމްބަރ 2022     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2022/160

ބޭއްވުނު ތާރީޚް: 21 ސެޕްޓެމްބަރ 2022

ޖަލްސާ: 2022ވަނަ އަހަރުގެ 34 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 65 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:

ޑިސްކައުންޓް ސްކީމެއްގެ ދަށުން އެސް.ޓީ.އޯ އިން ތަކެތި ގަނެވޭގޮތް ހެދުމަށްޓަކައި އެސް.ޓީ.އޯ އާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު އެމް.އޯ.ޔޫ ގައި ސޮއިކުރުމާއިމެދު ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް:  އެޗް.އާރު ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

 " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، " އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ މުވައްޒަފުން އެސް.ޓީ.އޯއިން ބައްލަވައިގަންނަވާ ތަކެތި، ޑިސްކައުންޓް ސްކީމެއްގެ ދަށުން ލިބިގެންދާނެ ގޮތް ހަމަޖެއްސުމަށްޓަކައި، އެސް.ޓީ.އޯއާއި އައްޑޫސިޓީ ކައުންސިލާ ދެމެދު ވެވޭ އެއްބަސްވުމުގައި ސޮއިކުރުމަށް ފެންނަކަމަށް  " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، އާމިނަތު ސާލިހާ

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޝުއާއު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 04

ނުފެންނަކަމަށް: 00 ވޯޓް

ފެންނަކަމަށް: 08 ވޯޓް

ވޯޓުގައި ބައިވެރިވި: 08 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2022/160

ތާރީޚް: 21 ސެޕްޓެމްބަރ 2022