އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކައުންސިލްގެ މުވައްޒަފުންނާއި މެމްބަރުން އެލައިޑް އިންޝުއަރެންސްގެ އިންޝުއަރެންސް ޕްރޮގްރާމުގައި ބައިވެރިވުމަށް

21 ސެޕްޓެމްބަރ 2022     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2022/161

ބޭއްވުނު ތާރީޚް: 21 ސެޕްޓެމްބަރ 2022

ޖަލްސާ: 2022ވަނަ އަހަރުގެ 34 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 65 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:

އައްޑޫސިޓީ ކައުންސިލްގެ ނަމުގައި ކައުންސިލް އިދާރާގެ ހުރިހާ މުވައްޒަފުންނާއި މެމްބަރުން  އެލައިޑް އިންޝުއަރެންސްގެ އިންޝުއަރެންސް ޕްރޮގްރާމުގައި ބައިވެރިވުމަށާއި، ބައިވެރިވާ ފަރާތްތަކުން ދައްކަންޖެހޭ އިންޝުއަރެންސް ޕްރިމިއަމް ބައިވެރިންގެ މުސާރައިން ކަނޑާގޮތަށާއި އިންޝުއަރެންސް ކޮމްޕެނީއަށް ދައްކަންޖެހޭ ފައި--ސާ އެއްފަހަރާ ދެއްކޭގޮތަށް ޓްރަސްޓް ފަންޑުން ލޯނެއްގެ ގޮތުގައި ފައިސާ ހަމަޖެއްސުމަށް އެދި

މައްސަލަ ހުށަހެޅި ފަރާތް:  އެޗް.އާރު ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

 " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، " އައްޑޫސިޓީ ކައުންސިލްގެ މުވައްޒަފުންނާއި މެމްބަރުން އެލައިޑް އިންޝުއަރެންސްގެ އިންޝުއަރެންސް ޕްރޮގްރާމުގައި ބައިވެރިވުމަށާއި، ބައިވެރިވާ ފަރާތްތަކުން ދައްކަންޖެހޭ އިންޝުއަރެންސް ޕްރިމިއަމްގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދެއްކުމަށް 1000000/- (އެއްމިލިއަން ރުފިޔާ) ގެ ލޯނެއް ޓްރަސްޓް ފަންޑު އިން ނެގުމަށް ފެންނަކަމަށް  " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، މަރިޔަމް ސަޢީދާ

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ޙުސައިން ފައިޒުއްރަޙްމާން

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01

ނުފެންނަކަމަށް: 00 ވޯޓް

ފެންނަކަމަށް: 11 ވޯޓް

ވޯޓުގައި ބައިވެރިވި: 11 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2022/161

ތާރީޚް: 21 ސެޕްޓެމްބަރ 2022