އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 21 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ، ލަފާ ދީފައިވާ މައްސަލަތައް ކުރިއަށް ގެންދިއުމާމެދު ގޮތެއް ނިންމުން

6 އޮކްޓޯބަރ 2022     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2022/167

ބޭއްވުނު ތާރީޚް: 06 އޮކްޓޯބަރ 2022

ޖަލްސާ: 2022ވަނަ އަހަރުގެ 36 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 67 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:

ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 21 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ، ލަފާ ދީފައިވާ މައްސަލަތައް ކުރިއަށް ގެންދިއުމާމެދު ގޮތެއް ނިންމަވައި ދެއްވުން އެދި

މައްސަލަ ހުށަހެޅި ފަރާތް:   ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީ

ނިންމުން

މައްސަލަ ނިމުނުގޮތް:

    " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، " ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ 21 ވަނަ ބައްދަލުވުމުގައި ހުށަހަޅާފައިވާ  މައްސަލަތަކުގެ ތެރެއިން ފުރަތަމަ މައްސަލަ ކަމަށްވާ ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ އޭޓީއެމް ބެހެއްޓުމައްޓަކައި ހިތަދޫ ސްކޫލު ކުރިމަތިން އަދި އިކުއިޓޯރިއަލް ހޮސްޕިޓަލް ސަރަހައްދުން 300 އަކަފޫޓުގެ ބިން ދޫކުރުމާއި ގުޅޭގޮތުން، އައްޑޫސިޓީ އިން އޭޓީއެމް ބެހެއްޓުމަށްޓަކައި  ދޫކުރާ ބިންތަކުން ކުލީގެ ގޮތުގައި ޤަވާއިދާ އެއްގޮތަށް އަގެއް ކަނޑައަޅުމަށް މައްސަލަ އިސްލާޙުކުރުމަށާއި ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީ އިން ދެން ހުށަހަޅާފައިވާ މައްސަލަތައް ކޮމިޓީ އިން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޝުޢާއު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، އާމިނަތު ސަލްމާ

 

ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީ އިން ހުށަހަޅާފައިވާ މައްސަލަތައް

  1. ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ އޭޓީއެމް ބެހެއްޓުމައްޓަކައި ހިތަދޫ ސްކޫލު ކުރިމަތިން އަދި އިކުއިޓޯރިއަލް ހޮސްޕިޓަލް ސަރަހައްދުން 300 އަކަފޫޓުގެ ބިން ދޫކުރުމަށް އެދި އެއިދާރާއިން ފޮނުވާފައިވާ ނަންބަރު  BML/PROPERTIES:2022/32 ސިޓީ އާއި ޙަވާލާދީ ބޭންކް އޮފް މޯލްޑިވްސްއިން ފޮނުވާފައިވާ ނަންބަރު BML/PROPERTIES:2022/204 ސިޓީއާއި ގުޅިގެން، އައްޑޫސިޓީ އިން އޭޓީއެމް ބެހެއްޓުމަށްޓަކައި  ދޫކުރާ ބިންތަކުން ކުލީގެ ގޮތުގައި ޤަވާއިދާ އެއްގޮތަށް އަގެއް ކަނޑައަޅުމަށް މިމައްސަލައިގެ ކޮމިޓީގެ ނިންމުން އިސްލާޙްކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 11 ވޯޓު

ފެންނަކަމަށް: 06 ވޯޓް

ނުފެންނަކަމަށް: 05 ވޯޓް

ބައިވެރިވެވަޑައިނުގަންނަވާ: 00

  2. ނިޔާޒްކުރި/ސ.ހިތަދޫ މުޙައްމަދު އިބްރާޙިމްދީދީ އާއި ދެމެދު ވެވިފައިވާ ނަމްބަރު: 426-PD/S2/2012/28 އެއްބަސްވުމުން ދޫކޮށްފައިވާ ކުލީ ބިމުގެ މުއްދަތު އިތުރުކުރުމަށް އެދިފައިވާ މައްސަލައިގެ ނިންމުން  ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
 

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 10 ވޯޓު

ފެންނަކަމަށް: 08 ވޯޓް

ނުފެންނަކަމަށް: 00 ވޯޓް

ބައިވެރިވެވަޑައިނުގަންނަވާ: 02

 
  3. ވ.ބޮނިޓޯ/މާލެ ޙުސައިން ނަޖުމީ އާއި ދެމެދު ވެވިފައިވާ ނަމްބަރު: 426-PD/S2/2012/27 އެއްބަސްވުމުން ދޫކޮށްފައިވާ ކުލީ ބިމުގެ މުއްދަތު އިތުރުކުރުމަށް އެދިފައިވާ މައްސަލައިގެ ނިންމުން ފާސްކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 09 ވޯޓު

ފެންނަކަމަށް: 09 ވޯޓް

ނުފެންނަކަމަށް: 00 ވޯޓް

ބައިވެރިވެވަޑައިނުގަންނަވާ: 01

 
  4. މަރަދޫފޭދޫއިން ދިރާގަށް ދޫކޮށްފައިވާ ކުލީ ބިމުގެ ނަންބަރު 2005/S-5/11 ރަޖިސްޓްރީ ބާތިލްކޮށްދެއްވުމަށް އެދި އެކުންފުނީގެ ނަންބަރު DHR/2022/MAP/291 ސިޓީއިން އެދިފައިވާ މައްސަލައިގެ ނިންމުން ފާސްކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 09 ވޯޓު

ފެންނަކަމަށް: 09 ވޯޓް

ނުފެންނަކަމަށް: 00 ވޯޓް

ބައިވެރިވެވަޑައިނުގަންނަވާ: 01

 
  5. ސ.ހިތަދޫ، މާހީ، އަހުމަދު ޒާހިރު އާއި ދެމެދު ވެވިފައިވާ ނަންބަރު: (AGR)426-AB/INDIV/2019/63 އެއްބަސްވުމުގެ ދަށުން އެފަރާތުން ދައްކަންޖެހޭ ޖޫރިމަނާ މަޢާފް ކުރުމާއި ގުޅޭ މައްސަލައިގެ ނިންމުން ފާސްކުރުމަށް ފެންނަކަމަށް

 ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
 

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 08 ވޯޓު

ފެންނަކަމަށް: 08 ވޯޓް

ނުފެންނަކަމަށް: 00 ވޯޓް

ބައިވެރިވެވަޑައިނުގަންނަވާ: 02

 

6. ސ.ހިތަދޫ، މާހީ، އަހުމަދު ޒާހިރު އާއި ދެމެދު ވެވިފައިވާ ނަންބަރު: (AGR)426-EA/INDIV/2015/31 އެއްބަސްވުމުގެ ދަށުން އެފަރާތުން ދައްކަންޖެހޭ ޖޫރިމަނާ މަޢާފް ކުރުމާއި ގުޅޭ މައްސަލައިގެ ނިންމުން ފާސްކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
 

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 07 ވޯޓު

ފެންނަކަމަށް: 07 ވޯޓް

ނުފެންނަކަމަށް: 00 ވޯޓް

ބައިވެރިވެވަޑައިނުގަންނަވާ: 03

 

 




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2022/167

ތާރީޚް: 6 އޮކްޓޯބަރ 2022