އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ ބައްދަލުވުމުގައި ނިންމަވާފައިވާ، ލަފާ ދީފައިވާ މައްސަލަތައް ކުރިއަށް ގެންދިއުމާމެދު ގޮތެއް ނިންމުމަށް

17 ނޮވެމްބަރ 2022     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2022/189

ބޭއްވުނު ތާރީޚް: 17 ނޮވެންބަރު 2022

ޖަލްސާ: 2022ވަނަ އަހަރުގެ 42 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 73 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:

ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 25 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ، ލަފާ ދީފައިވާ މައްސަލަތައް ކުރިއަށް ގެންދިއުމާމެދު ގޮތެއް ނިންމަވައި ދެއްވުން އެދި

މައްސަލަ ހުށަހެޅި ފަރާތް:  ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީ

ނިންމުން

މައްސަލަ ނިމުނުގޮތް:

    " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، " ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ 25 ވަނަ ބައްދަލުވުމުގައި ހުށަހަޅާފައިވާ މައްސަލަތައް ކޮމިޓީ އިން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި: ކައުންސިލަރ އަޙްމަދު ސަޢީދު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ މުޙައްމަދު ފައިޞަލް

 

ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީ އިން ހުށަހަޅާފައިވާ މައްސަލަތައް

  1. އައްޑޫސިޓީ މަރަދޫ އާއި ހުޅުދޫގައި ޔޫތު އެންޡް ކޮމިއުނިޓީ ސެންޓަރ ތަރައްޤީކުރުމަށް 65x92 ފޫޓަށްވުރެ ކުޑަނޫން ބިމެއް ކަނޑައަޅުއްވައި ދެއްވައި ބިމުގެ ޗާޓާއި ބިމުގެ މިހާރުގެ ޙާލަތު އެގޭނެ ފޮޓޯއާއިއެކު ފޮނުވައިދިނުމަށް އެދި މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގެ ނަންބަރ: 141-PSIP/426/2022/33 (30 އޮކްޓޫބަރު 2022) ސިޓީއިން ހުށަހަޅާފައިވާ މައްސަލަ، ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން  ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 10 ވޯޓު

ފެންނަކަމަށް: 10 ވޯޓް

ނުފެންނަކަމަށް: 00 ވޯޓް

ބައިވެރިވެވަޑައިނުގަންނަވާ: 01

 

  2. ސ.ހިތަދޫ، ޖަބްރޯލްމާގެ އަޙުމަދު ޙަސަންދީދީ އާއި ދެމެދު ވެވިފައިވާ ނަމްބަރ: 426-PD/S5/2012/07 އެއްބަސްވުމުން ދޫކޮށްފައިވާ ކުލީ ބިމުގެ މުއްދަތު އިތުރުކުރުމާއިމެދު ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން  ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 11 ވޯޓު

ފެންނަކަމަށް: 11 ވޯޓް

ނުފެންނަކަމަށް: 00 ވޯޓް

ބައިވެރިވެވަޑައިނުގަންނަވާ: 00


  3. ސ.ހިތަދޫ، ނޫވިލު އަޙްމަދު ޙަބީބު އާއި ދެމެދު ވެވިފައިވާ ނަމްބަރ: (AGR)426-AB/INDIV/2022/104) އެއްބަސްވުމުގެ ދަށުން ދޫކޮށްފައިވާ ކުލީ ބިމުގައިވާ އިންވެސްޓްމަންޓް އެހެން ފަރާތަކަށް ބަދަލުކުރުމުގެ ހުއްދަ ދިނުމާއިމެދު ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން  ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
 

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 11 ވޯޓު

ފެންނަކަމަށް: 11 ވޯޓް

ނުފެންނަކަމަށް: 00 ވޯޓް

ބައިވެރިވެވަޑައިނުގަންނަވާ: 00

 



ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2022/189

ތާރީޚް: 17 ނޮވެމްބަރ 2022