އައްޑޫސިޓީ ކައުންސިލްގެ އިދާރާ

"Addu Nurse Shark Sanctuary" ގެ ގޮތުގައި ހިމާޔަތްކޮށްފައިވާ ސަރަހައްދެއް ކަނޑައެޅުމަށް

9 ނޮވެމްބަރ 2022     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2022/192

ބޭއްވުނު ތާރީޚް: 09 ނޮވެންބަރު 2022

ޖަލްސާ: 2022ވަނަ އަހަރުގެ 41 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 72 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:

މައްސަލަ އާ އެކު ހުށަހަޅާފައިވާ ޗާޓުން ފާހަނގަކޮށްފައިވާ ސަރަހައްދު "Addu Nurse Shark Sanctuary" ގެ ގޮތުގައި ހިމާޔަތްކޮށްފައިވާ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅުމަށް.

މައްސަލަ ހުށަހެޅި ފަރާތް:  ކައުންސިލަރ އާމިނަތު ސާލިހާ

ނިންމުން

މައްސަލަ ނިމުނުގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، މައްސަލައަކާއިއެކު ހުށަހަޅާފައިވާ ޗާޓުގައި "Addu Nurse Shark Sanctuary" ފާހަނގަކޮށްފައިވާ ތަނުން ފެށިގެން 100 މީޓަރުގެ ރޭޑިއަސްއެއް ހިމެނޭ ސަރަހައްދު ހިމާޔަތްކުރުމަށް ނިންމައި، އެ ތަނަކީ ހިމާޔަތް ކުރެވިފައިވާ ތަނެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި ކަމާބެހޭ މުވައްސަސާތަކާ އެކު ކުރަންޖެހޭ މުޢާމަލާތުތައް ކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން  ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޝުއާއު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ޙުސައިން ޒަރީރު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00

ނުފެންނަކަމަށް: 00 ވޯޓް

ފެންނަކަމަށް: 11 ވޯޓް

ވޯޓުގައި ބައިވެރިވި: 11 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2022/192

ތާރީޚް: 9 ނޮވެމްބަރ 2022