އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މަރަދޫ، މީދޫ އަދި ހުޅުދޫ އަވަށުގެ މިސްކިތު މަސައްކަތު މަޤާމަށް މުވައްޒަފުން އިތުރުކުރުމާއި މެދުގޮތެއް ނިންމުން

9 ފެބުރުއަރީ 2023     


ކައުންސިލްގެ ނިންމުން

 

ނިންމުން ނަންބަރު: 426-B (4)/2023/022

ބޭއްވުނު ތާރީޚް:  09 ފެބްރުއަރީ 2023

ޖަލްސާ:2023  ވަނަ އަހަރުގެ 07 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 86 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

މަރަދޫ، މީދޫ އަދި ހުޅުދޫ އަވަށުގެ މިސްކިތު މަސައްކަތު މަޤާމަށް މުވައްޒަފުން އިތުރުކުރުމާއި މެދުގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް: އެޗް.އާރު ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:        

        " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، " މިހާރުވެސް ކޮންޓްރެކްޓަށް މަސައްކަތު މުވައްޒަފުން ނަގާ އުސޫލުން އެޗް،އާރް ސެކްޝަނުން ހުށަހަޅާފައިވާ ގޮތަށް މަރަދޫ އަވަށު އޮފީހުގެ މިސްކިތު މަސައްކަތު މަޤާމަށް އިތުރު 2 މުވައްޒަފުން ނެގުމަށާއި، މީދޫ އަވަށު އޮފީހުގެ މިސްކިތު މަސައްކަތު މަޤާމަށް އިތުރު 1 މުވައްޒަފަކު ނެގުމަށާއި، ހުޅުދޫ އަވަށު އޮފީހުގެ މިސްކިތު މަސައްކަތު މަޤާމަށް އިތުރު 01 މުވައްޒަފަކު ނެގުމަށް ފާސްކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ ، މުޙައްމަދު ފައިޞަލް

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ހުސެއިން ފައިޒުއްރަޙްމާން

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 10 ވޯޓް

ވޯޓުގައި ބައިވެރިވި: 10 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2023/022

ތާރީޚް: 9 ފެބުރުއަރީ 2023