އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އެމް.އެން.ޔޫ ގައި ތަޢުލީމު ހާސިލްކުރަމުންދާ އައްޑޫސިޓީ ދަރިވަރުންގެ ސްޓަޑީ ޓުއަރ ދަތުރުގައި ކައުންސިލުން އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ

15 ފެބުރުއަރީ 2023     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2023/026

ބޭއްވުނު ތާރީޚް:  15 ފެބްރުއަރީ 2023

ޖަލްސާ:2023  ވަނަ އަހަރުގެ 08 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 87 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ (ބެޗްލަރ އޮފް އާޓްސް - ލައިބްރަރީ އެންޑް އިންފޮމޭޝަން މެނޭޖްމަންޓް) ގައި ތަޢުލީމު ހާސިލްކުރަމުންދާ އައްޑޫސިޓީ ދަރިވަރުންގެ "ސްޓަޑީ ޓުއަރ ޓު ލައިބްރަރީސް އިން ސިންގަޕޯރ" ދަތުރުގައި ކައުންސިލުން އެހީތެރިކަމަށް އެދި

މައްސަލަ ހުށަހެޅި ފަރާތް: ޖެންޑަރ އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ކޮމިޓީ

ނިންމުން

މައްސަލަ ނިމުނުގޮތް:   

        " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، " މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ (ބެޗްލަރ އޮފް އާޓްސް - ލައިބްރަރީ އެންޑް އިންފޮމޭޝަން މެނޭޖްމަންޓް) ގައި ތަޢުލީމު ހާސިލްކުރަމުންދާ އައްޑޫސިޓީ ދަރިވަރުންގެ "ސްޓަޑީ ޓުއަރ ޓު ލައިބްރަރީސް އިން ސިންގަޕޯރ" ދަތުރުގައި ބައިވެރިވާ ކޮންމެ ދަރިވަރަކަށް 5000/- ރުފިޔާގެ ރޭޓުން (ޖުމްލަ 15000/- ރުފިޔާ)ގެ އެހީތެރިކަން، ޖަމިއްޔާ ޖަމާއަތްތަކަށް އެހީތެރިކަން ފޯރުކޮށްދޭ ކޯޑް (JL-228009) ގެ ތެރެއިން ހަމަޖެއްސުމަށް ފެންނަކަމަށް"  ކައުންސިލުން އެހީތެރިކަމަށް އެދި ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ ، ހުސެއިން ފައިޒުއްރަޙްމާން

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، އަހްމަދު ސައީދު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01  

ނުފެންނަކަމަށް: 02 ވޯޓް.

ފެންނަކަމަށް: 08 ވޯޓް

ވޯޓުގައި ބައިވެރިވި: 10 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2023/026

ތާރީޚް: 15 ފެބުރުއަރީ 2023