އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީން ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރުމާއި ދަނޑުވެރިކަން ކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު / ޤަވައިދު ފާސްކުރުމާއި މެދު ގޮތެއް ނިންމުން

14 މާރޗް 2023     


ކައުންސިލްގެ ނިންމުން
 

ނިންމުން ނަންބަރު: 426-B (4)/2023/034

ބޭއްވުނު ތާރީޚް:  01 މާރިޗް 2023

ޖަލްސާ:2023  ވަނަ އަހަރުގެ 10 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 89 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީން ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރުމާއި ދަނޑުވެރިކަން ކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު / ޤަވައިދު ހަދައި ފާސްކުރުމާއި މެދު ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް:  ކައުންސިލަރ ޙުސައިން ޒަރީރު

ނިންމުން

މައްސަލަ ނިމުނުގޮތް:

                 " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، " އައްޑޫސިޓީން ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރުމާއި އެގޮތުން ދޫކުރާ ބިން ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ އުޞޫލު 01 މާރިޗް 2023 އިން ފެށިގެން 01 މަސް ދުވަހުގެ ތެރޭގައި ކައުންސިލްގެ އާއްމު ކޮމިޓީގެ ފަރާތުން ޑްރާފްޓް ތައްޔާރުކޮށް އެއުޞޫލު ފާސްކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ ، ޙުސައިން ފައިޒުއްރަޙްމާން

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ޙުސައިން ޒަރީރު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 05  

ނުފެންނަކަމަށް: 01 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 07 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2023/034

ތާރީޚް: 14 މާރޗް 2023